logo
Bank of Maldives

Bank of Maldives

ޚަބަރު

ޕޯސްޓްގެ ނަމުގައި ފޮނުވާ ސައްހަނޫން މެސެޖްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
9 އޭޕްރީލު 2025 - 04:06
ޕޯސްޓްގެ ނަމުގައި ފޮނުވާ ސައްހަނޫން މެސެޖްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަމުގައި ފޯނުތަކަށް ސައްހަނޫން އެސްއެމްއެސް މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އޮފީހުން އިލްތިމާސްކޮށްފިއެވެ.

އެ އޮފީހުން ވަނީ އެ އޮފީހުގެ ނަމުގައި ފޮނުވާ މެސެޖްތަކަށާއި މިފަދަ މެސެޖްތަކުގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އަދި އެއްވެސް ޒާތީ ނުވަތަ މާލީ މަޢުލޫމާތެއް ހިއްސާނުކުރުމަށް އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްކޭމް ގެ މައްސަލަތަކުން ރައްކާތެރިވުމަށް ފުލުހުން ވެސް އިލްތިމާސްކުރަމުން އަންނައިރު ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ޤާއިމްވެސްކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

ފުލުހުންގެ ޚިދުމަތުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެއަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ރެސްޓޯރެންޓެއްގެ މުވައްޒަފުންތަކެއް އިހުތިޖާޖުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެޗްއާރްސީއެމުން ބަލަނީޚަބަރު | 9 ގަޑިއިރު ކުރިންސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ ޚަބަރު | 14 ގަޑިއިރު ކުރިންދެކާރާއި ދެ ސައިކަލްޖެހި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއްޚަބަރު | 4 ދުވަސް ކުރިން