ލަލީގާގެ ރައީސް ބޭރުކުރަން ރެއާލްގެ ރައީސް ޕެރޭޒް އިންޒާރުދީފި - ލަލީގާގެ ރައީސް ޓެބާސް

ރެއާލްގެ ރައީސް (ކ) އަދި ލަލީގާގެ ރައީސް (ވ)

10 ޖޫން 2025 - 11:31
ލަ ލީގާގެ ރައީސް ހަވިއަރ ޓެބާސް އާއި ރިއަލް މެޑްރިޑާ ދެމެދު މަސްލަޙަތު މިދިޔަ ސީޒަންތަކުގައި އިތުރަށް ގޯސްވެގެން ގޮސްފައިވެއެވެ. މި ސީޒަންގެ ފަހުދުވަސްވަރު ޓެބާސް އާއި ރެއާލްގެ ކުރީގެ ކޯޗު ކާލޯ އެންސެލޮޓީ ދެމެދު ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަދި ސޯޝަލް މީޑިއާގައި ބަހުގެ ހަނގުރާމައެއް ހިންގާފައިވެއެވެ.
މި ހަސަމާތު އިތުރަށް ގޯސްވެގެންދިޔައީ ދިޔައީ މެޑްރިޑް ކްލަބުން އޭޕްރީލް މަހު ޓެބާސް އާއި ދެކޮޅަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. މި މައްސަލައިގައި ބުނެފައިވަނީ 2023 ވަނަ އަހަރު ރެފްރީ ސިސްޓަމް އިސްލާހު ކުރުމާ ދެކޮޅަށް މެޑްރިޑް ކްލަބުން ވޯޓު ދިން މައުލޫމާތު ހާމަކޮށް، ބޯޑު އެސެމްބްލީގެ ސިއްރު ހިފެހެއްޓުމުގެ ހައްގު ގެއްލުވާލާފައިވާ ކަމަށެވެ.
ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަން (އާރްއެފްއީއެފް) އިން މި މައްސަލަ ބަލައިގަނެ، ޓްރައިބިއުނަލް އެޑްމިނިސްޓްރެޓިވޯ ޑެލް ޑެޕޯޓެ (ޓީއޭޑީ) އިން ތަހުގީގެއް ފެށުމަށް "އެކަށީގެންވާ ހެކިހުރިކަމަށްބުނެ" މައްސަލަ ބަލައިގަތް ނަމަވެސް، ނިންމުން ނިންމާފައިވަނީ ޓެބާސް އާއި އެއްކޮޅަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ޓެބަސް ވަނީ ސޯޝަލް މީޑިއާގައި ތަފްސީލީ ބަޔާނެއް ނެރެފައެވެ. އަދި މީގެ އިތުރުން ލަލީގާގެ ރައީސް ކަމުން އޭނާ ވަކިކުރާނެ ކަމަށް ރެއާލް ގެ ރައީސް އިންޒާރުދެމުންދާކަމަށް ޓެބާސް ވަނީ ހާމަކޮށްފައެވެ.
"ކެއުމުގެ ދެމެދުގައާއި، މަޝްވަރާތަކުގައި އަދި އަމިއްލަ ވާހަކަތަކުގައި 'ހުރިހާ ކަމެއް ކޮންޓްރޯލްގައި' ހުރި ކަމަށާއި މި ނިންމުންތަކުން އަހަރެން 'ފުނޑާލާނެ' ކަމަށް ބުނަމުން ދިޔަ ފަރާތްތަކަށް އަދިވެސް އިންތިޒާރު ކުރަން ޖެހޭނެ" ކަމަށް ޓެބަސް ބުނެފައިވެއެވެ.
ޓެބަސް އިތުރަށް ބުނެފައިވަނީ ކްލަބްތަކުން އޭނާގެ މެނޭޖްމަންޓަށް ތާއީދު ކުރާހާ ހިނދަކު، އެ ކްލަބްތަކުގެ މަސްލަހަތާއި މުބާރާތްތަކުގެ ހަމަހަމަކަން ދިފާއު ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.
މީގެ އިތުރުން ޓެބާސް ބުނެފައިވަނީ ލަލީގާގައި ނިމިދިޔަ ސީޒަނުގައި ރެއާލް ބަލިވާ ކޮންމެ ފަހަރަކު ޝަކުވާ ކުރާކަމަށާއި، ނަމަވެސް މިހާރު ލަލީގާގެ ތަށި ގެއްލުމުން ރެއާލް މެޑްރިޑުން މައިތިރި ވެފައިވާކަމަށެވެ.
އިތުރު ލިޔުންތައް

ގޯލު ފުންޏެއް ޖަހައި ބާސާގެ ސަޕޯޓަރުންނަށް އުފާވެރިކަން
10 މަސް ކުރިން
ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
8 މަސް ކުރިން
ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
8 މަސް ކުރިން