logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑިއާ ކައިރިން ދަތުރުކުރި ބޯޓެއްގައި ރޯވެ ހަތަރު ފަޅުވެރިން ގެއްލިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖޫން 2025 - 19:42
އިންޑިއާ ކައިރިން ދަތުރުކުރި ބޯޓެއްގައި ރޯވެ ހަތަރު ފަޅުވެރިން ގެއްލިއްޖެ

އިންޑިއާގެ ދެކުނު ކޭރަލާ ސްޓޭޓުގެ އައްސޭރިފަށާ ކައިރީގައި، އަރަބި ކަނޑުގައި ދަތުރުކުރަމުންދިޔަ ސިންގަޕޫރުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ އުޅަނދެއްގައި ރޯވެއްޖެއެވެ.

މިއީ ކާބޯ ބޯޓެކެވެ. މި ބޯޓުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އިންޑިއާގެ ކޯސްޓް ގާޑުން މަސައްކަތްތަކެއް ކުރަމުން އަންނައިރު، މި ބޯޓަކީސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއިން އިންޑިއާގެ މުންބާއީ ސިޓީއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

'' އެމްވީ ވަން ހާއީ 503 '' ކިޔާ މި ބޯޓުގައި ހުރި ކޮންޓެއިނަރެއް ގޮވައި، އޭގެ ސަބަބުން އުޅަނދުގައި ބޮޑު އަލިފާނެއް ރޯވެފައިވާކަން ހޯމަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި 18 ފަޅުވެރިން ސަލާމަތްކުރެވިފައިވާއިރު، 4 މީހުން އަދިވެސް ދަނީ ހޯދަމުންނެވެ. ސިންގަޕޫރުގެ ފަރާތުން ވަނީ ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ޚާއްޞަ ޓީމެއް ފޮނުވާފައެވެ.

އުޅަނދުން ތެޔޮ ލީކުވެ، އަދި އުޅަނދުގެ ބައިތައް ފެތުރުމުގެ ފުރުސަތު އޮތުމާ ގުޅިގެން އިންޑިއަން ނެޝަނަލް ސެންޓަރ ފޮރ އޯޝަން އިންފޮމޭޝަން ސަރވިސަސް (އައިއެންސީއޯއައިއެސް) އިން ވަނީ ކޭރަލާގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ރައްކާތެރިވުމަށް އިންޒާރު ދީފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިލޯނާއެކު ދިވެހިން ޓެލެތޯން: ގައުމީ ބޭންކުން 25،000 ޑޮލަރުގެ އެހީއެއްޚަބަރު | ދުވަހެއް ކުރިންސިލޯނާއެކު ދިވެހިން ޓެލެތޯން: ޕީއެންސީން 300،000ރ ގެ އެހީއެއްޚަބަރު | ދުވަހެއް ކުރިން"ސިލޯނާއެކު ދިވެހީން": 7 ގަޑިއިރު ތެރޭ 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 12،000 އަށްވުރެ ގިނަ ޑޮލަރުޚަބަރު | ދުވަހެއް ކުރިންކޮންމެ ހާލަތެއްގައި ވެސް ރާއްޖެއިން ދައްކައިދެނީ ލަންކާއާއެކު އޮތް އަހުވަންތަކަން: ހައިކޮމިޝަނަރުޚަބަރު | ދުވަހެއް ކުރިން