ސިޓީއިން ލިޔޯންގެ މިޑްފީލްޑަރ ރަޔަން ޗެރކީގެ ސޮއި ހޯދައިފި

ރަޔަން ޗެރކީ އަކީ މިދިޔަ ސީޒަނުގެ ލީގުވަން ގެ އެންމެ މޮޅު ޑްރިބްކަރ

11 ޖޫން 2025 - 04:03
މެންޗެސްޓަރ ސިޓީން ލިޔޯން އަދި ފްރާންސްގެ މިޑްފީލްޑަރ ރަޔާން ޗެރކީ ގެ ސޮޮއި ހޯދައިފިއެވެ. އިއްޔެ ކުލަބް ވޯލްޑްކަޕްގެ ޓްރާންސްފަރ ވަގުތު ހަމަވުމުގެ ކުރިން ޗެރކީ ގެ ސޮއި ކޮށްފައިވާކަން ސިޓީއިން އިޢުލާންކުރުމާއެކު، ކުރިއަށް އޮތް ކްލަބް ވޯލްޑް ކަޕްގައި އޭނާއަށް ބައިވެރިވެވޭނެއެވެ.
21 އަހަރުގެ ޗެރކީ ވަނީ 2030 ވަނަ އަހަރާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ޓްރާންސްފަރ އަގަކީ 36 މިލިއަން ޔޫރޯ (30.5 މިލިއަން ޕައުންޑް) އެވެ. އަދި އިތުރު ބޯނަސްތައްވެސް ހިމެނެއެވެ.
ޗެރކީއަކީ ސިޓީގެ އައު ޑިރެކްޓަރ އޮފް ފުޓްބޯލް، ހިއުގޯ ވިއާނާ ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ވޯލްވްސްއިން ރަޔާން އައިޓް-ނޫރީ އަދި ޗެލްސީއިން މާކަސް ބެޓިނެލީ ވަނީ ގެނެވިފައެވެ. ރަޔަން ޗެރކީ މިދިޔަ ސީޒަނުގައި ފްރާންސް ލީގުގައި 44 މެޗުން 12 ގޯލާއި 20 އެސިސްޓް ހަދާފައިވާއިރު، ލީގު ވަންގެ އެންމެ މޮޅު ޑްރިބްލަރ ގެ މަޤާމް އޭނާ ވަނީ ނިމިދިޔަ ސީޒަނުހައި ހާސިލް ކޮށްފައެވެ.
ޗެރކީއަކީ މެދުތެރެއާއި ދެފަރާތު ވިންގްގައި ކުޅެން އެނގޭ ކުޅުންތެރިއެކެވެ. އޭނާގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް ސިޓީގެ ސްކައުޓުން ވަރަށް ގިނަ ދުވަހު ވަނީ ފާރަވެރިވެފައިކަމަށް ވިއާނާ ބުނެފައިވެއެވެ.
އިތުރު ލިޔުންތައް

ޕެޕް ގާޑިއޯލާ މެންޗެސްޓަރ ސިޓީއާއެކު އެއްބަސްވުން އައުކޮށްފި
7 މަސް ކުރިން.png&w=3840&q=75)
އެފް.އޭ ކަޕް: ޗެލްސީ އާއި ލިވަރޕޫލު މޮޅުވިއިރު، ސިޓީއިން ހުރިހާ ވަރެއް ބޭލީ ތިންވަނަ ޑިވިޝަނުގެ ޓީމަކާ ދެކޮޅަށް
6 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ސިޓީ، ޗެލްސީ ކުޅުނު މެޗުތަކުން އެއްވަރު
5 މަސް ކުރިން