logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އިއްޔެ އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި ބަލައި ދިޔަ ބިދޭސީ މީހާ ހައްޔަރުކޮށްފި

އިއްޔެ އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި ބަލައި ދިޔަ ބިދޭސީ މީހާ ހައްޔަރުކޮށްފި

އިއްޔެ އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި ބަލައި ދިޔަ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެއާއެކު މިކަމާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާ ހަމަކުރަމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ތަކެތީގައި ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފަ އެވެ.

ވަޒީރު ކުރެއްވި ޕޯސްޓުގައި ވަނީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާފައެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުންކަންވެސް ވަނީ ޕޯސްޓުގައި ފާހަގަކުރައްވާފައެވެ.

ކަސްޓަމްސް އިން 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ އެސަރވިސްއަށް ލިބުނު އިންޓަލިޖެންސް މަޢުލުމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ކަސްޓަމްސް އިން ވިދާޅުވީ 33 ޕެކެޓެގައިހުރި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުގީގުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިތަކެތި ރާއްޖެ ގެނެސްފައިވަނީ ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންގެ ޢަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފިޚަބަރު | 3 ދުވަސް ކުރިންޖަލުތަކަށް، ދެ އަހަރުތެރޭ 400 ގައިދީންގެ ޖާގަ އިތުރުކޮށްފިޚަބަރު | މަހެއް ކުރިންއިއްޔެ އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި ބަލައި ދިޔަ ބިދޭސީ މީހާ ހައްޔަރުކޮށްފިޚަބަރު | 10 މަސް ކުރިން ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 10 މަސް ކުރިން