logoEN
ކުޅިވަރު

ރެއިންޑަރސް އާއި ޗެރކްކީ އާއެކު ސިޓީގެ ކުލަބު ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފި

ނިމިގެންދިޔަ ސީޒަނުގެ ނާކާމިޔާބީއާއެކު ގުއާޑިއޯލާ ވަނީ އަލަށް 4 ކުޅުންތެރިއެއްގެ ސޮއި ހޯދާފައި.- ފޮޓޯ: ސިޓީ

ނިމިގެންދިޔަ ސީޒަނުގެ ނާކާމިޔާބީއާއެކު ގުއާޑިއޯލާ ވަނީ އަލަށް 4 ކުޅުންތެރިއެއްގެ ސޮއި ހޯދާފައި.- ފޮޓޯ: ސިޓީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

12 ޖޫން 2025 - 06:23

ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ މެންޗެސްޓަރ ސިޓީން މިއަދު ވަނީ އެ ޓީމުގެ ސްކޮޑު އިއުލާންކޮށްފައެވެ.

މި މަހުގެ 18 ވަނަ ދުވަހު ސިޓީގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވާއިރު، ޕެޕް ގުއާޑިއޯލާގެ ޓީމުން ފުރަތަމަ ކުޅޭނީ މޮރޮކޯގެ ވިދާދް އޭސީ އާ ދެކޮޅަށެވެ.

މި މުބާރާތަށް އެކުލަވާލި ސްކޮޑުގައި ގޯލްކީޕަރުންގެ ގޮތުގައި މާކަސް ބެޓިނެލީ، ސްޓެފަން އޯޓެގާ އަދި އެޑަރސަން ހިމެނެއެވެ. ޑިފެންޑަރުންގެ ގޮތުގައި ރޫބެން ޑިއަޒް، ސްޓޯންސް އާއި މިޓްރާންސްފަރ ގައި ސޮއިކުރި ، އައިޓް-ނޫރީ އާއި އަކޭ އަދި، ވިޓޯ ރެއިސް، ގްވާޑިއޯލް، އަކަންޖީ، ކުސަނޮވް އަދި ލުއިސް ހިމެނެއެވެ.

މިޑްފީލްޑާއި ވިންގަރުންގެ ގޮތުގައި އިއްޔެ ޓީމަށް ސޮއިކުރި އޭސީމިލާނުގެ ރެއިންޑަރސް އާއި ޑޮކު، ނިކޯ، ރޮޑްރީ، ގުންޑޯގަން، ބަރނާޑޯ ސިލްވާ، ސަވިންހޯ، މަތެއުސް ނުނެސް ހިމެނޭއިރު، އަލަށް ސޮއިކުރި ރަޔަން ޗެރކްކީވެސް ހިމެނެއެވެ. މީގެއިތުރުން އެޗެވެރީ، ފޯޑެން، ބޮބް އަދި އޯރެއިލީ ހިމެނެއެވެ. އަދި ފޯވާޑުންގެ ގޮތުގައި ހާލަންޑް އާއި މަރމޫޝް ވަނީ ހިމަނާފައެވެ.

undefinedކުލަބު ވޯލްޑްކަޕްގެ ސިޓީގެ ސްކޮޑް

އިނގިރޭސި ކުޅުންތެރިއެއް ކަމަށްވާ ޖެކް ގްރީލިޝް ސޮކޮޑުން ބާކީކޮށްފައިވާއިރު، އޭނާ މިޓްރާންފަރ ގައި ސިޓީ ދޫކޮށްލާނެކަމަށް ބެލެވެއެވެ.

އައު ފޯމެޓާއެކު ކޮންމެ ހަތަރު އަހަރުން އެއް އަހަރު ކުލަބު ވޯލްޑްކަޕް ކުޅެން ހަމަޖެހިފައިވާއިރު، މިމުބާރާތަށް ތައްޔާރުވުމަށް އެންމެ ވަރުގަދަ އެއް ސްކޮޑެއް އެކުލަވާލާފައިވާ ޓީމަކީ ސިޓީއެވެ. މިދިޔަ ސީޒަން ހުސްއަތާ ނިންމާލަންޖެހިފައިވާ ސިޓީއިން މިމުބާރާތަށް ދަނީ ތަށި ހޯދުމުގެ ބޭނުމުގައެވެ.

އެމެރިކާގައި މިމަހު 14 ގައި ފަށާ މިމުބާރާތް އެއް މަސްދުވަހަށް ދެމިގެންދާނެއެވެ.

ކޮމެންޓް

871x217_placeholder