logoEN
ކުޅިވަރު

މެސީ ލައިޓް ރެއާލް މެޑްރިޑް އަށް ބަދަލުވުމަށް މެޑިކަލް ހަދައިފި

ފްރެންކޯ މަސްޓަންޓުއޯނޯ

ފްރެންކޯ މަސްޓަންޓުއޯނޯ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

12 ޖޫން 2025 - 10:01

އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ފްރޭންކޯ މަސްޓަންޓުއޯނޯ ރެއަލް މެޑްރިޑްގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކޮށްފިކަމަށް މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ފަބްރިޒިއޯ ރޮމާނޯ ހާމަކޮށްފިއެވެ. 17 އަހަރުގެ ކުޅުންތެރިޔާގެ ހުނަރާއި ކުލުމުގެ ވަށްޓަފާޅީގެ ސަބަބުން އަކީ ދެވަނަ މެސީކަމަށް އާރޖެންޓީނާގެ ގިނަ ނޫސްތަކުން ސިފަ ކޮށްފައެވެ.

ރިވަރ ޕްލޭޓްގެ މި ހުނަރުވެރި ކުޅުންތެރިޔާ ކުރިއަށް އޮތް ދުވަސްތަކުގައި 2031 ވަނަ އަހަރާ ހަމައަށް ރެއަލް މެޑްރިޑާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. އެހެންނަމަވެސް، އޭނާ އެމެރިކާގައި އަންނަ ހަފްތާގައި ފަށާ ކްލަބް ވޯލްޑް ކަޕްގައި ރިވަރ ޕްލޭޓަށް ކުޅުމަށްފަހު އޯގަސްޓް މަހުގައި މެޑްރިޑަށް ބަދަލުވާނެއެވެ.

މަސްޓަންޓުއޯނޯއަކީ އާޖެންޓީނާ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ޒުވާން ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާގެ ކުޅުމުގެ ފެންވަރާއި ހުނަރުވެރިކަމަށް ބަލާއިރު، ކުރިމަގުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ. އޭނާއަކީ ވާއަތުފައިން ކުޅޭ، ލެފްޓް އެޓޭކިން މިޑްފީލްޑަރެކެވެ.

ރެއާލް މެޑްރިޑް މިކުލުންތެރިޔާގެ ސޮއިހޯދުމަކީ ކުލަބުގެ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލެވެއެވެ. މަސްޓަންޓުއޯނޯގެ ޒުވާން އުމުރާއި، އޭނާގެ ކުޅުމުގެ ފެންވަރަށް ބަލާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ބަރުނަބިއުގައި އޭނާގެ ނަން ވަރަށް ބޮޑަށް ފާހަގަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް

871x217_placeholder