އިސްރާއީލުގެހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ނިޔައުވެއްޖެ

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ

13 ޖޫން 2025 - 04:06
އިސްރާއީލުން މިއަދު ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެންމެ އިސްވެރިޔާ މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ނިޔައުވެއްޖެއެވެ. މިކަން އޭ.އެފް.ޕީން ވަނީ އީރާނުގެ މީޑިއާތަކާ ހަވާލާދީ ރިޕޯޓުކޮށްފައެވެ.
މި ހަމަލާއާއެކު، އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންކަމުގައިވާ މުހައްމަދު މެހްދީ ޓެހްރާންޗީ އަދި ފެރެއިދޫން އައްބާސީ ވެސް ވަކިން ހިންގުނު ހަމަލާތަކެއްގައި ނިޔާވެފައިވާކަމަށް އީރާނުގެ ނޫސް ވެބްސައިޓް ޕްރެސްޓީވީ އިން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާއަކީ އިސްރާއީލާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމެއްކަމަށް ސަރަހައްދީ ތަހުލީލުވެރިން ފާހަގަކުރެއެވެ. ހުސެއިން ސަލާމީއަކީ އީރާނުގެ އެންމެ ނުފޫޒުގަދަ އަސްކަރީ ވެރިންގެ ތެރެއިން އެކެކެވެ.
މި ހަމަލާއާ ގުޅިގެން އީރާނުން އަދި ވަކި ބަޔާނެއް ނެރެފައި ނުވިނަމަވެސް، އިސްރާއީލަށް ހަރުކަށި ޖަވާބެއް ދޭނެކަމަށް އީރާނުގެ އިސް ވެރިން ވަނީ އިންޒާރުދީފައެވެ. މި ހާދިސާއަކީ މެދުއިރުމަތީގެ ސަރަހައްދުގައި އަލުން ހަނގުރާމައިގެ ވައްޓަފާޅިއެއް އުފެދިގެން ދާނެކަމުގެ ބިރުވެރިކަން އިތުރުވެގެންދާނެ ކަމެކެވެ.
މި ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަގުތު، ބައިނަލްއަގުވާމީ މުޖުތަމައުއިން ވަނީ ދެ ގައުމަށް އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް ގޮވާލާފައެވެ. އަދި އދ. އިންވެސް ވަނީ އިސްރާޢީލުގެ މިހަމަލާތައް ކުުއްވެރިކޮށް ބަޔާނެއް ނެރެފައެވެ.
އިތުރު ލިޔުންތައް

އިރާނުގެ ޙަމަލާތަކާއި ގުޅިގެން އިސްރާޢީލަށް ބޮޑެތި ގެއްލުންތަކެއް، ސިއްރުކުރަން އިންޓަނެޓް ކަނޑާލައިފި
19 ދުވަސް ކުރިން
ދުނިޔެ ސިއްސުވާލައިފި، އީރާން ދެނެއް ނުހުއްޓުވޭނެ
19 ދުވަސް ކުރިން
އިސްރާޢީލަށް ރޭގައިވެސް ވަރުގަދަ ހަމަލާތަކެއް، 200 އަށްވުރެ ގިނަ ޒައިނިސްޓުން މަރުވެ އަދި ޒަޚަމްވެއްޖެ
18 ދުވަސް ކުރިން