logoEN
ދުނިޔެ

އަދިވެސް މިނިވަންކަމާއެކު އިރާނުގެ މައްޗަށް ބާރު ނުފޯރުވޭ: ޔަހޫދީ ހާރިޖީ ވަޒީރު

އާމިނަތު ސަފާއާމިނަތު ސަފާ

16 ޖޫން 2025 - 05:05

ހަނގުރާމަފެށިފަހުން މިއަދާ ހަމައަށްވެސް ސަހުޔޫނީ ޔަހޫދީންނަށް އީރާނުގެ މައްޗަށް މިނިވަންކަމާއެކު ބާރުނުފޯރުވޭކަމަށް ޔަހޫދީ ހާރިޖީ ވަޒީރު ގިޑިއަން ސާރު ބުނެފިއެވެ.

އިރާން - އިސްރާއީލު ހަނގުރާމައާ ގުޅިގެން އިސްރާއީލުގައި ތިބި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްރާއީލުގެ ރަސްމީ މަންދޫބުންނާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ގިޑިއަން ސާރު ބުނީ އިސްރާއީލުގެ ރައްޔިތުންނަކީ ވަރުގަދަ ބައެއްކަމަށާއި އިރާނާ ދެކޮޅަށް ހަނގުރާމަފެށީ އީރާނަކީ އިސްރާއީލު ދެމިއޮތުމަށް އެޅޭ ހުރަހަކަށްވާތީކަމަށެވެ.

ހަނގުރާމަފެށީ އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގިހުރެކަމަށް އޭނާވަނީ ބުނެފައެވެ.

ގިޑިއަން ސާރު ބުނީ ހަމަލާތައް ހުއްޓާލަން އަދި ގާތްވެސް ނުވާކަމަށާއި އިރާނާ ދެކޮޅަށް އިސްރާއީލުންކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރިކަމަށެވެ.

ގިޑިއަން ސާރު ވަނީ ހަނގުރާމަ ފެށިފަހުން މިއަދާހަމައަށް އިސްރާއީލުގެ މަގުދސަދުތައް ހާސިލުވެފައި ނުވާ ކަމަށް އިއުތިރާފުވެފައެވެ.

އިރާންއާ ދެކޮޅަށް ދެމުންދާ ހަމަލާތައް ރާވާފައިވަނީ ދިގު މުއްދަތަކަށްކަމަށާއި ނަމަވެސް އިއްޔެއާ ހަމައަށްވެސް އިރާނުގެ ވެރިރަށް ތެހެރާނުގެ މައްޗަށް މިނިވަންކަމާއެކު ޔަހޫދީންނަށް ބާރުފޯރުވިފައިނުވާކަމަށް އޭނާ ބުންޏެވެ.

ސަހުޔޫނީ ބާރުތަކުން އީރާނަށް ހަމަލަތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 128އަަށް އުފުލިފައެވެ.

ރައްދު ހަމަލާތަކުގައި އިރާނުން ވަނީ ތެލް އަވީވާއި ބަނދަރުމަތީ ރަށް ހައިފާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމަލާތަކުގައި ޔަހޫދީންގެ 20 މީހުން މަރައިލާފައިވާއިރު، ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު 500އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ކޮމެންޓް

871x217_placeholder