logoEN
ދުނިޔެ

އިރާނުގެ ޙަމަލާތަކާއި ގުޅިގެން އިސްރާޢީލަށް ބޮޑެތި ގެއްލުންތަކެއް، ސިއްރުކުރަން އިންޓަރނެޓް މެދުކަނޑާލައިފި

އިރާނުން ނިރުބަވެރި އިސްރާޢީލަށް ދީފައިވާ ހަމަލާތަކުގައި އިސްރާޢީލުގެ ވެރިރަށުގެ އިމާރާތަކަށް ގެއްލުންވެފައި

އިރާނުން ނިރުބަވެރި އިސްރާޢީލަށް ދީފައިވާ ހަމަލާތަކުގައި އިސްރާޢީލުގެ ވެރިރަށުގެ އިމާރާތަކަށް ގެއްލުންވެފައި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

14 ޖޫން 2025 - 03:57

އިޒްރޭލުގެ މެދު ސަރަޙައްދުގައި ހުރި ރިހާއިޝީ އިމާރާތްތަކަކަށް އީރާނުން އެއްލި މިސައިލް ޙަމްލާއެއްގައި އެކަކު މަރުވެ، 19 މީހުން ޒަޚަމްވެއްޖެއެވެ. މީގެ އިތުރުންވެސް އިރާނުން ދަނީ ރައް

View post on Twitter
View post on Twitter

އިރާނުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ރެއިން ފެށިގެން ދަނީ އިސްރާޢީލުގެ ވެރިރަށަށް ދެމުން.

އިޒްރޭލުގެ ޤައުމީ ކުއްލި ނުރައްކަލުގެ ޚިދުމަތް ކަމުގައިވާ މަގެން ޑޭވިޑް އަޑޮމްގެ ފަރާތުން ޗެނަލް 12 އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި ޙަމްލާގައި ޒަޚަމްވި 19 މީހުންގެ ތެރެއިން ތިން މީހުންގެ ޙާލަތު ވަރަށް ސީރިއަސް ކަމަށެވެ. މިއީ ހަމައެކަނި މީގެ އެންްމެ ޙާދިސާއެއް. އިރާނުން ދަނީ ފުލުފުލުގައި އިސްރާޢީލަށް ޙަމަލާތައް ދެމުން. އެގޮތުން ތެލް އަވީވްގެ ގިނަ ޢިމާރާތްތަކެއް ބިމާހަމަވެފައިވާކަން ރިޕޯޓްތައް ވަނީ ލިބިފައި.

undefined

undefined

undefined

undefinedއިސްރާޢީލުގެ ސަރަޙައްދަކަށް ލިބިފައިވާ ގެއްލުންތައް

މި ޙަމްލާ އަމާޒުވި ސަރަޙައްދާ ބެހޭ އިތުރު މައުލޫމާތު މިވަގުތު ހާމަކޮށްފައި ނުވެއެވެ. އަދި މި ޙަމްލާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރެވޭނެ ކަމަށް އިޒްރޭލުގެ ފަރާތުން ބުނެފައިވެއެވެ.

މީގެ އިތުރުން އިސްރާޢީލުން ބޭނުންކުރާ އެމެރިކާގެ އެންމެ ފަހުގެ ފައިޓާ ދެ ޖެޓް އިރާނުން ވަނީ ވައްތާލާފައެވެ.

View post on Twitter

މީގެ ކުރިން އިޒްރޭލުގެ މެދު ސަރަޙައްދަށް އީރާނުން ފޮނުވާލި މިސައިލް ޙަމްލާއެއްގައި މަދުވެގެން 10 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވެއެވެ. ނަމަވެސް އޭގެ ފަހުން ޒަޚަމްވި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.އިސްރާޢީލާށް ލިބޭ ގެެއްލުންތައް ފޮރުވުމަށް އަދި މަރުވާ މީހުންތަކުގެ އަދަދު ސިއްރުކުރުމަށް މުހިންމު ސަރަޙައްދުތަކުން އިންޓަރނެޓް މެދުކަނޑާލާފައިވާކަމަށް ޚަބަރުލިބޭ.

ކޮމެންޓް

871x217_placeholder