ދުނިޔެ ސިއްސުވާލައިފި، އީރާން ދެނެއް ނުހުއްޓުވޭނެ


14 ޖޫން 2025 - 07:16
އީރާނާ ދެކޮޅަށް ޔަހޫދީން ދިން ޙަމަލާތަކުގެ ބަދަލުގައި އެ ޤައުމުން ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖުން ބުނެފިއެވެ. މިއީ އިރާނުން ޔަހޫދީންނަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާއެވެ.ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަނީ އެތައް ސަތޭކަ މިސައިލު ޙަމަލާ ދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް’ގެ ނަމުން ނަން ދީފައިވާ ޚާއްޞަ ޙަރަކާތެއްގެ ދަށުންނެވެ. ތިން ފަހަރެއްގެ މަތިން ދިން ޙަމަލާތަކުގައި ބައެއް މިސައިލު ޙަމަލާ ދީފައި ވަނީ އީރާނުގެ ސަބްމެރިންތައް ބޭނުން ކޮށްގެންނެވެ. އެ ޤައުމުގެ އިންޤިލާބީ ފައުޖުން ބުނީ މިސައިލް ޙަމަލާ އަމާޒު ކޮށްފައިި ވަނީ އަސްކަރީ މަރުކަޒުތަކާއި ވައިގެ މަރުކަޒުތައް ހިމެނޭ ގޮތަށް ކަމަށެވެ.
އީރާނުން މިސައިލް ހަމަލާތައް ދީފައިވަނީ އިސްރާއީލު ސިފައިންގެ ބޭސްތަކަށާއި، ތެލް އަވީވްގައި ހުންނަ އިސްރާއީލު އަސްކަރިއްޔާގެ މައި މަރުކަޒާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ހެޑްކުއާޓަރަށެވެ.
ރޭގައި ދެ ފަހަރެއްގެ މަތިން އިސްރާއީލަށް އެތައް މިސައިލް ހަމަލާތަކެއް ދިނުމަށްފަހު މިއަދު ހެނދުނު އަލުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އީރަނުގެ ރޫޙީ އިސްވެރިޔާ އާޔަތުالله ޚާމަނާއީ ވަނީ ޔަހޫދީ ދައުލަތާ ދެކޮޅަށް އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަރުގަދަ ޙަމަލާތައްދީ ނިކަމެތި ކޮށްލާނެ ކަމަށް ބުނެފައެވެ. އަދި ޒަޔަނިސްޓުންނަށް އެ މީހުންގެ ޖަރީމާތަކަށް ފަހު މި ފަހަރު ސަލާމަތް ނުވެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން އެ ކަމަށް އެއްވެސް ފުރުޞަތެއް ނުދޭނެ ކަމުގެ ޔަޤީންކަން ދެއްވައި އޭނާ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތަކަށް އީރާނުން ފުރިހަމައަށް ރައްދު ދޭނެ ކަމަށެެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ޔަހޫދީންނަށް ޙަމަލާދިނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފައެވެ.
އިތުރު ލިޔުންތައް

އިސްރާއީލުގެހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ނިޔާވެއްޖެ
20 ދުވަސް ކުރިން
އިރާނުގެ ޙަމަލާތަކާއި ގުޅިގެން އިސްރާޢީލަށް ބޮޑެތި ގެއްލުންތަކެއް، ސިއްރުކުރަން އިންޓަނެޓް ކަނޑާލައިފި
19 ދުވަސް ކުރިން
އިސްރާޢީލަށް ރޭގައިވެސް ވަރުގަދަ ހަމަލާތަކެއް، 200 އަށްވުރެ ގިނަ ޒައިނިސްޓުން މަރުވެ އަދި ޒަޚަމްވެއްޖެ
18 ދުވަސް ކުރިން