logoEN
ދުނިޔެ

އިސްރާޢީލަށް ރޭގައިވެސް ވަރުގަދަ ހަމަލާތަކެއް، 200 އަށްވުރެ ގިނަ ޒައިނިސްޓުން މަރުވެ އަދި ޒަޚަމްވެއްޖެ

އިރާނުން ރޭގައިވެސް ހުއްޓުމެއް ނެތި އިސްރާޢީލުގެ އެކި ހިސާބުތަކަށް މިސައިލުން ހަމަލާވަނީ ދީފައި

އިރާނުން ރޭގައިވެސް ހުއްޓުމެއް ނެތި އިސްރާޢީލުގެ އެކި ހިސާބުތަކަށް މިސައިލުން ހަމަލާވަނީ ދީފައި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

15 ޖޫން 2025 - 04:22

އިސްޜާއީލާއި އިރާނާއި މިހާރު ކުރަމުން ގެންދާ ހަނގުރާމާއިގައި ރޭގައިވެސް ދެފަރާތުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ އަދި އާދީއްތަ ދުވަހުގެ ފަތިހު އިރާނުން އިޒްރޭލަށް ދިން މިސައިލް އަދި ޑްރޯން ހަމަލާގެ ދެވަނަ ބުރުގައި 200 އަށްވުރެ ގިނަ ޒައިނިސްޓުން މަރުވެ އަދި ޒަޚަމްވެއްޖެއެވެ. މި ހަމަލާގައި ޓެލް އަވީވުގެ ދެކުނުގައި ހުންނަ ބަޓް ޔަމް އަދި ރެހޮވޮޓް ސިޓީތަކަށް އަމާޒުކޮށް ހަމަލާ ދެވުނެވެ.

undefinedއިރާންގެ ހަމަލާތަކުގައި އިސްރާޢީލްގެ ތެލް އެވީވްގެ އިމާރާތްތަކެއް ބިމާ ހަމަވެފައި.

undefinedއިރާންގެ ހަމަލާތަކުގައި އިސްރާޢީލްގެ ތެލް އެވީވްގެ އިމާރާތްތަކެއް ބިމާ ހަމަވެފައި.

undefinedއިރާނުގެ ހަމަލާތަކުގައި އިސްރާޢީލުގެ އިމާރާތަކައް ގެއްލުންވެފައި.

undefinedއިރާނުގެ ހަމަލާތަކުގައި އިސްރާޢީލުގެ އިމާރާތަކައް ގެއްލުންވެފައި.

އިޒްރޭލުގެ މީޑިއާތަކުން މި ހަމަލާގައި ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން ތަފާތު ރިޕޯޓުތައް ނެރެފައިވެއެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މި ހަމަލާގައި 207 މީހުން ޒަޚަމްވެ، 9 މީހުން މަރުވެފައިވެއެވެ. އަދި ބަޓް ޔަމްގައި އިރާނުގެ މިސައިލް ހަމަލާއާ ގުޅިގެން 35 މީހުން ގެއްލިފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

undefinedއިރާންގެ ހަމަލާތަކުގައި އިސްރާޢީލުގެ ބައެއް ސަރަޙައްދުތައް ބިމާ ހަމަވެފައި. ފޮޓޯ: އަލް ޖަޒީރާ

undefinedއިރާންގެ ހަމަލާތަކުގައި އިސްރާޢީލުގެ ބައެއް ސަރަޙައްދުތައް ބިމާ ހަމަވެފައި. ފޮޓޯ: އަލް ޖަޒީރާ

undefinedއިރާންގެ ހަމަލާތަކުގައި އިސްރާޢީލުގެ އިމާރާތެއް ހަލާކުވެފައި. ފޮޓޯ: އަލް ޖަޒީރާ

undefinedއިރާންގެ މިސައިލް ހަމަލާއެއްގައި އިސްރާޢީލުގެ އިމާރާތެއް ބިމާ ހަމަވެފައި.

undefinedއިއްޔެގެ ހަމަލާތަކުގައި އިސްރާޢީލުގެ ގެތަކެއް ބިމާ ހަމަވެފައި.

އިޒްރޭލުގެ ޗެނަލް 12 އިން ހާމަކުރި ގޮތުގައި އިޒްރޭލުގެ މެދު ސަރަހައްދަށް އިރާނުން ދިން މިސައިލް ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 240 އަށް އަރާފައިވާ އިރު، އެތައް ބަޔަކު ތަޅާލެވިފައިވާ އިމާރާތްތަކުގެ ތެރޭގައި ތިބިކަމަށް ބުނެފައިވެއެވެ. ޓެލް އަވީވުގެ ބައެއް ސަރަހައްދުތަކަށް ލިބުނު ގެއްލުން ވަރަށް ބޮޑުކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެފައިވެއެވެ. މިޙަމަލާތަުން ބިރުން ފިލަންވެގެން އިސްރާޢީލުގެ އާބަާދަީގެ ބޮޑުބައެއް ރޭގައިވެސް ހޭދަކޮށްފައިވަނީ ބިންގަރާސްތަކުގައެވެ.

އިރާނުގެ "ޓްރޫ ޕްރޮމިސް 3" ނަމުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި 50 ބެލިސްޓިކް މިސައިލް ދޫކޮށްފައިވާކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާއަކީ އިޒްރޭލުން އިރާނަށް ދިން އަނިޔާވެރި ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން ދިން ހަމަލާއެއްކަމަށް އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައިވެއެވެ.

މި ހަމަލާގައި އިޒްރޭލުގެ އަސްކަރީ އަދި ސިނާއީ ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި ތެޔޮ ރިފައިނަރީތަކާއި ކަރަންޓު ވިއުގަތައް ހިމެނޭ ކަމަށް އިރާނުން ބުނެފައިވެއެވެ.

މީގެ އިތުރުން އިސްރާޢީލުންވެސް ވަނީ އިރާނުގެ އެކިސަރަޙައްދުތަކަށް ރޭގައި ހަމަލާދީފައެވެ. އިސްރާޢީލުން ހަމަލާތައްދެނީ އިރާނުގެ ނިއުކްލުއަރ ތަންތަނަށްކަމަށް މީގެކުރިން ބުނިނަމަވެސް، ރޭޣައިވަނީ އިރާނުގެ ހަކަަތަ އުފައްދާ ދެމަރުކަޒަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ރާނުގެ ތެލުގެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ހޮނިހިރު ރޭ ފެށުނު އިސްރާއީލުގެ ހަމަލާގައި، މަދުވެގެން 11 ތެޔޮ ޓޭންކު ހިމެނޭ ޝަހްރާން ތެޔޮ އަދި ގޭސް ޑިޕޯއަށް ހަމަލާދީ އަލިފާން ރޯކޮށްފައިވެއެވެ. ޝަހްރާން އަކީ މަތީ ފަންތީގެ އިމާރާތްތައް ހުންނަ މުއްސަނދި ސަރަހައްދެކެވެ.

undefinedރޭގެ ހަމަލާތަކުގައި އިރާންގެ ހަކަތައިގެ މަރުކަޒެއް ރޯވެ އަނދަނީ. ފޮޓޯ: : އަލް ޖަޒީރާ

މީގެ އިތުރުން، އެ ސިޓީގެ ދެކުނުގައި ހުންނަ ޝަހްރު ރޭގައި ހުންނަ، އެ ގައުމުގެ އެންމެ ބޮޑެތި ތެޔޮ ރިފައިނަރީތަކުގެ ތެރެއިން އެއް ރިފައިނަރީއަށްވެސް ހަމަލާދީފައިވާ ކަމަށް އީރާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. އިމަޖެންސީ ކްރޫތަކުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު، ޓެހުރާނުގެ ރަށްވެއްސެއް ކަމަށްވާ ރެޒާ ސާލެހީ ބުނީ މައިލުތަކެއް ދުރުން ވެސް އަލިފާން ފެންނަ ކަމަށެވެ.

މީގެ ކުރިން ހޮނިހިރު ދުވަހު، އިސްރާއީލުން ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ގޭސް ފީލްޑްތަކުގެ ތެރެއިން އެއް ފީލްޑް ކަމަށްވާ، އީރާނުގެ ހަކަތައިގެ އުފެއްދުންތެރިކަމަށް ނުހަނު މުހިންމު ސައުތު ޕާރސް ގޭސް ފީލްޑްގެ ބައެއްގެ އިތުރުން އެހެން ދެ މުހިންމު ހަކަތައިގެ މަރުކަޒަކަށް ހަމަލާދީފައެވެ.

މީއިސްރާއީލުގެ ނިއުސް އައުޓްލެޓް ޔްނެޓްއިން ރިޕޯޓުކުރި ގޮތުގައި، ޓެލް އަވީވުގެ ދެކުނުގައި އޮންނަ ބަޓް ޔާމްގައި އިރާނުން ދިން މިސައިލް ޙަމަލާއާ ގުޅިގެން 35 މީހުން ވަނީ ގެއްލިފައެވެ. މި ޙަމަލާގައި މިހާތަނަށް 4 މީހުން މަރުވެފައިވާ ކަމަށް ވެސް ވަނީ ކަށަވަރުވެފައެވެ.

ކޮމެންޓް

871x217_placeholder