logoEN
ދުނިޔެ

އިރާނުން އިސްރާއީލާއި ދިމާލަށް 100 ޑްރޯން ފޮނުވާލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

13 ޖޫން 2025 - 05:10

އިސްރާއީލުން އީރާނަށް ދިން ހަމަލާއާއި ގުޅިގެން ރައްދު ހަމަލާގެ ގޮތުން އިރާނުން އިސްރާއީލާއި ދިމާލަށް 100 ޑްރޯން ފޮނުވާލައިފިއެވެ.

އީރާނަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހު ރައްދު ހަމަލާތައް އީރާނުން ފެށުމުން އިސްރާއީލުގައި ހާއްސަ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ.

ޑްރޯންތައް ވައްޓާލުމަށް މަސައްކަތްކުރަމުންދާކަމަށް ޔަހޫދީން ބުނަމުން އަންނައިރު މަދަނީ ދިފާއީ ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން ޔަހޫދީންގެ ދިފާއި ވަޒީރު އިސްރާއީލް ކާޓްޒް ވަނީ މުޅި އިސްރާއީލުގައި ހޯމް ފްރަންޓަށް ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒު ކުރުމަށް ހާއްސަ އަމުރެއްގައި ސޮއިވެސް ކޮށްފައެވެ.

މިއާއެކު ހޯމް ފްރަންޓް ކޮމާންޑާއި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ތިބެން ވަނީ ލާޒިމުކޮށްފައެވެ.

އީރާނުގެ ހަމަލާތަކާއެކު އިސްރާއީލުގެ ވައިގެ ބަނދަރުތައްވެސް ވަނީ ބަންދުކޮށްފައެވެ. އިރާނުން ފޮނުވާފައިވާ މި ޑްރޯންތައް އިސްރާއީލަށް ވާސިލުވުމަށް އަދި ވަގުތު ނަގާނެއެވެ.

އިސްރާއީލުގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަޏި ދެއްވާފައެވެ.

ހާމާނާއީގެ ވަރުގަދަ އިންޒާރާ ގުޅިގެން އިސްރާއީލު ޑިފެންސަށް ކުޅެން ޖެހިފައިވާއިރު މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރި ގޮތުގައި، ޔަހޫދީ ފައުޖުން ހިންގާފައި އެ ވަނީ ހަނގުރާމަ އިޢުލާނު ކުރުމާ އެއް ފަދަ އަމަލެކެވެ. އަދި މި ހަމަލާ އީރާނާ ދެކޮޅަށް ދީފައިވަނީ އެމެރިކާގެ ފުރިހަމަ ބައިވެރިވުމާ އެކުގައިކަމަށް އެ ފަރާތްތަކުން ދަނި ތުހުމަތުކުރަމުންނެވެ.

ދިގު ރާސްތާ ޑްރޯންތައް އިސްރާއީލުން ފޮނުވާލަފައިވާއިރު، މި ޑްރޯންތަކަކީ އުރުދުން އާއި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ނައްތާލަން ފަސޭހަ ޑްރޯންތަކެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder