އިރާނުން އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓުވުމުގައި އުރުދުން

މިއަދު ޔަހޫދީން އީރާނަށް ދިން ހަމަލާގެ ތެރެއިން

13 ޖޫން 2025 - 07:59
އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދޭންފެށި ރައްދު ހަމަލާތައް ހުއްޓުވަން ތައްޔާރަށް އޮތްކަން އުރުދުންއިން ހާމަކޮށްފިއެވެ.
އިސްރާއީލުން އީރާނަށް ދިން ހަމަލާއާއި ގުޅިގެން ރައްދު ހަމަލާގެ ގޮތުން އިރާނުން އިސްރާއީލާއި ދިމާލަށް 100 ޑްރޯން ވަނީ ފޮނުވާލާފައެވެ.
އެއާއެކު އުރުދުން އާއި އިސްރާއީލުން ވަނީ ހަމަލާތައް ހުއްޓުވުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އުރުދުން އިން ވަނީ އިރާނުން ހަމަލާތައް ދޭން ފެށުމުގެ ކުރިން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި އިރާނުން އިސްރާއީލަށް ދޭ ހަމަލާތައް އިސްރާއީލާ ހަމައަށް ފޯރިޔަ ނުދޭނެ ކަމަށް ވެސް އުރުދުން އިން ވަނީ ބުނެފައެވެ.
އުރުދުންއިން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު އިސްރާއީލަށް ވާގިވެރިވެ އުރުދުން އިން ބުނެފައިވަނީ މިގޮތަށް ނިންމި އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީކަމަށެވެ.
އިސްރާއީލަށް އަމާޒުކޮށް އީރާނުން ފޮނުވާލާ ގިނަ ހަމަލާތައް ދަޏި އުރުދުންގެ ވައިގެ ސަރަހައްދު ހުރަސްކޮށެވެ. ރައްދު ހަމަލާގެ ގޮތުން އިރާނުން އިސްރާއީލާއި ދިމާލަށް ފޮނުވާލި 100 ޑްރޯނަށް އުރުދުން އިން ހުރަސްއަޅައިފިނަމަ އެ ހަމަލާއަކުން މާބޮދު ގެއްމެއް އިސްރާއީލަކަށް ނުލިބޭނެއެވެ.
އިތުރު ލިޔުންތައް

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދިނުމަށް އިސްރާއިލުން ގޮވާލައިފި
9 މަސް ކުރިން
އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
8 މަސް ކުރިން
އިސްރާއީލުން އީރާނަށް ވައިގެހަމަލާދިނުން ހުއްޓާލައިފި
8 މަސް ކުރިން