އީރާނުގެ ޖަމްކަރާން މިސްކިތުގައި ބަދަލުހިފުމުގެ ދިދަ ނަގައިފި


13 ޖޫން 2025 - 08:56
އީރާންގެ ޤޯމް ސިޓީގައި ހުންނަ ޖަމްކަރާން މިސްކިތުގައި ބަދަލުހިފުމުގެ ދިދައެއް ނަގާފައިވާކަމަށް ހަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.
ރަތް ކުލައިގެ މި ދިދައަކީ ބަދަލުހިފުމުގެ ދިދައިގެ ގޮތުގައި ބަލާ ދިދައެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އާންމު ގޮތެއްގައި މި ދިދަ ނަގަނީ މުޙައްރަމް މަހުގައެވެ. އާއްމުކޮށް މިދިދަ މަޝްހޫރުވެފައިވަނި ކަރުބަލާގެ ހަނގުރާމައިގައި ހުސައިނުގެފާނު ޝަހީދުކޮށްލުމާ ގުޅިގެން މުހައްރަމް މަހު ނަގާ ދިދައެއްގެ ގޮތުގައެވެ. މުހައްރަމްމަސް ފިޔަވައި މި ދިދަ ނަގާނީ ބޮޑުކަމެއް ދިމާވެގެންކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އިރާނުގެ ޤުދުސް ފޯސްގެ ކުރީގެ ކޮމާންޑަރު ގައްސާމް ސުލާމާނީ އަވަހާރަކޮށްލުމުންވެސް އީރާނުންވަނީ މި ދިދަ ނަގާފައެވެ. އަދި ހަމާސްގެ ލީދަރު ހަނިއްޔާ ޝަހީދުކޮށްލުމުންވެސް މި ދިދަ ނެގިއެވެ.
އީރާނަކީ ޝީއީންގެ މެޖޯރިޓީ އޮންނަ ގައުމެކެވެ.
އިސްރާއީލުން އިރާނަށް ހަމަލާދިނުމަށް ބޭނުން ކޮށްފައިވަނީ ދުރާލާ އިސްރާއީލުން އިރާނުގައި ގާއިމުކޮށްފައިވާ ޑްރޯން މަރުކަޒެއްކަން ވަނީ ފަޅާއަރާފައެވެ. އީރާންގެ އަސްކަރީ ސައިޓުތަކަށް ހަމަލާ ދިނުމަށް މީގެ ކުރިންވެސް ޔަހުދީންގެ ޖާސޫސީ އިދާރާ - މޮސާޑުން މަސައްކަތްކޮށްފައިވެއެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ އަޚުލާޤީ އުޞޫލުތަކާ ޚިލާފަށް މަސައްކަތްކުރާ ބައެކެވެ.
މިމަސައްކަތް އިސްރާއީލުގެ އަސްކަރިއްޔާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑް ކޮށްފައިވަނީ ވަރަށް ސިއްރުން ޕްލޭންތަކަކާއި އެކު ކަމަށް އިސްރާއީލުންގެ ނޫސްތަކުން ވަނީ ބުނެފައެވެ.
އީރާނުން ބުނެފަނީ އިސްރާއީލުގެ ކަށްވަޅު އެމީހުން އަމިއްލަޔަށް ކޮނެފައިވާކމަށެވެ. އަދި ރައްދު ވަރުގަދަވާނެކަމަށް އީރާނުން ބުނެއެވެ.
އިތުރު ލިޔުންތައް

އިސްރާއިލަށް ދޭ ރައްދުހަމަލާ އަމާޒުކުރާނީ ހަކަތަ އާއި ގޭސް ރައްކާކުރާ ތަންތަނަށް : އީރާން
9 މަސް ކުރިންއިޒްރޭލުން އީރާނަަށް ދިން ހަމަލާ ސައުދީން ވެސް ކުށްވެރިކޮށްފި
8 މަސް ކުރިން
އެމެރިކާއާއެކު ނުސީދާ މަޝްވަރާތަކަށް އީރާނު އޮތީ ތައްޔާރަށް
3 މަސް ކުރިން