logo
MPL

MPL

ކުޅިވަރު

މިއަހަރުގެ ބެލަންޑިއޯ ކާމިޔާބުކުރާނީ ލަމީން ޔަމާލް - ފަބްރީޒިއޯ

އަބްދުﷲ ޣާނިމް
13 ޖޫން 2025 - 09:45
ޔަމާލް އަކީ މިއަހަރުގެ ބެލަންޑިއޯ ފޭވަރިޓެއް
ޔަމާލް އަކީ މިއަހަރުގެ ބެލަންޑިއޯ ފޭވަރިޓެއް

ފުޓްބޯޅަ ދުނިޔޭގެ އެންމެ އަގުހުރި އެވޯޑް ކަމަށްވާ ބެލޯން ޑީ އޯރ މި އަހަރު ކާމިޔާބު ކުރާނީ ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް ކަމަށް މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ބުނެފިއެވެ.

އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ރޮމާނޯ ވިދާޅުވީ:

Ad by Hajj Corporation

Ad by Hajj Corporation

 "ލަމިން ޔަމާލް ބެލޯން ޑީ އޯރ ކާމިޔާބު ކުރާނެތަ؟ އަހަރެންގެ ޖަވާބަކީ އާނއެކޭ. އަހަރެންގެ އެހެން ނޫސްވެރި އެކުވެރިންނާ ވެސް ވާހަކަ ދެއްކުމަށްފަހު އަހަރެން ދަންނަވާނީ އާނއެކޭ" ކަމަށެވެ.
"ލަމިން ދައްކުވައިދޭ ޖާދޫވެރި ކުޅުން އެހެން އެއްވެސް ކުޅުންތެރިއަކަށް ނުދެއްކޭނެ" ކަމަށް ރޮމާނޯ އިތުރަށް ވިދާޅުވި އެވެ.

މި ސީޒަންގައި ބާސެލޯނާ އަށް ކުޅެމުން ލަމީން ވަނީ ގިނަ ގޯލުތަކާއި އެސިސްޓް ހަދައި، ޓީމަށް ތިން މުހިންމު ތަށި ހޯދައިދީފަ އެވެ. އޭނާގެ ހުނަރުވެރި ކުޅުމާއި، ގޯލު ޖެހުމުގެ ޤާބިލުކަމަށް ބަލާއިރު އޭނާ އަކީ މި އަހަރުގެ ބެލޯން ޑީ އޯރ އަށް އެންމެ ވާދަކުރާނެ ކަމަށް ބެލެވޭ ކުޅުންތެރިއެކެވެ.

ލަމީންޔަމާލްގެ އިތުރުން މިއެވޯޑަށް މިއަހަރު އެންމެ ވާދަކުރާނެ ކަމަށް ބެލެވޭ ކުޅުންތެރިންނަކީ ޕީއެސްޖީގެ ޑެމްބެލޭ އާއި ބާސެލޯނާގެ ރަފީނިޔާގެ އިތުރުން ލިވަރޕޫލުގެ މުޙައްމަދު ސަލާޙުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލްގެ ތާރީޚީ ލަނޑާއެކު ބާސެލޯނާއިން އެސްޓަން ވިލާ ބަލިކޮށްފިކުޅިވަރު | ދުވަހެއް ކުރިންބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށްކުޅިވަރު | 4 ދުވަސް ކުރިންއުސޫލުން ބޭރުން ބާސެލޯނާ އަލްވަރޭޒް ގެންނަން އުޅުނު މައްސަލައިގައި ކިއްލިގޮށްޓަކުން ޖޫރިމަނާކޮށްފިކުޅިވަރު | 8 ދުވަސް ކުރިންއެމްބާޕޭ އާއި ޔަމާލް ފަހަތަށް ޖައްސާލުމަށްފަހު 25 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ކުޅުންތެރިއަކު ބެލޮންޑިއޯ ކާމިޔާބުކޮށްފިކުޅިވަރު | 9 ދުވަސް ކުރިން