ނިކޯ ވިލިއަމްސް ހުރީ ބާސެލޯނާއަށް ބަދަލުވުމަށް ކެތްމަދުވެފައި، އޭޖެންޓާއި ބައްދަލުކޮށްފި - ފަބްރީޒިއޯ

މިޚަބަރު ފެންމަތިވުމާއެކު ޔަމާލް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޮއެއް

13 ޖޫން 2025 - 19:55
ބާސެލޯނާގެ ސްޕޯޓިންގ ޑިރެކްޓަރ ޑެކޯ މިއަދު ނިކޯ ވިލިއަމްސްގެ އޭޖެންޓާއި ބާސެލޯނާގައި ބައްދަލުކޮށް، ގާތްގަނޑަކަށް އެއް ގަޑިއިރާއި ތިރީސް މިނެޓު ވަންދެން މަޝްވަރާކޮށްފިކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ވިލިއަމްސްގެ މުސްތަގުބަލާ މެދު ގިނަ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. ބަޔަން މިއުނިކް، އާސެނަލް އަދި ޗެލްސީ ފަދަ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މި އުދުހެމުން އަންނަ ތަރިއަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ޑެކޯގެ މިބައްދަލުވުމަކީ މިދިޔަ ހަފްތާގައި ބަޔާން މިޔުނިކުން ނިކޯގެ ސޮއި ހޯދުމަށް އޭޖެންޓާއި ދެފަރަރެއްގެ މަތީން ބައްދަލުކޮށްފައިވާ ދަނޑިވަޅެއްގައި ކުރިޔަށް ގެންގޮސްފައިވާ ބައްދަލުވުމެކެވެ.
ވިލިއަމްސް މިހާރު ކުޅެމުންދާ އެތްލެޓިކް ބިލްބާއޯއިން ވަނީ އޭނާ ހިފެހެއްޓުމަށްޓަކައި އާ އެއްބަސްވުމެއް ހުށަހަޅާފައެވެ. މި އެއްބަސްވުމުގައި އޭނާގެ މުސާރަ ވަގުތުން އިތުރުކޮށްދޭން ހުށަހަޅާފައިވެއެވެ. ވިލިއަމްސްގެ މިހާރުގެ އެއްބަސްވުން ދެމިގެންދަނީ 2027 ވަނަ އަހަރާ ހަމައަށެވެ.
ބާސެލޯނާއިން މިދިޔަ ސަމަރ ޓްރާންސްފަރ މާކެޓްގައިވެސް ވިލިއަމްސް ސޮއިހޯދުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެތްލެޓިކް ބިލްބާއޯއިން ކަނޑައަޅާފައިވާ ރިލީސް ކްލޯޒްގެ ސަބަބުން އެކަން ވަނީ ނުވެފައެވެ.
ބާސެލޯނާގެ ރައީސް މީގެ ކުރިން ނިކޯ ވިލިއަމްސްގެ ސޮއި ހޯދުމުގެ މަސައްކަތް މަޑުކޮށްލާފައިވާކަމަށް ބުނެފައިވާނަމަވެސް، ނިކޯ ބާސެލޯނާއަށް ގެނައުމުގެ މަސައްކަތް އަލުން ފެށުމަށް ނިކޯއަށް ދެކަމެއް ހުށަލަޅާފައިވާކަމަށް ބުނެއެވެ. އެގޮތުން ކުޅުންތެރިޔާ އަމިއްލައަށް އިސްނަގައިގެން ބާސެލޯނާއަށް އައުމަށް ޝައުޤުވެރިކަން ފާޅުކުރުމާއި، ބާސެލޯނާގައި ކުޅުންތެރިޔާގެ ފަރާތުން ހުށަހަޅާ މުސާރަ ބޮޑު ނުވުން ޝަރުތު ކޮށްފައިވާކަމަށް ބުނެވެއެވެ. އެހެންކަމުން ނިކޯގެ އޭޖެންޓް އިސްވެއޮވެ މިވާހަކަތައް ދައްކަން ފެށުމަކީ ކުޅުންތެރިޔާ އިސްނަގައިގެން ބާސެލޯނާއަށް ދިޔުމަށް ކުރާމަސައްކަތް ކަމުގައި މާހިރުން ދެކެއެވެ.
އިތުރު ލިޔުންތައް

ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
9 މަސް ކުރިން
ފޯމުގައި އޮތް ބާސެލޯނާ ކުރިމަތިލާނީ މި ސީޒަންގެ މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަށް.
9 މަސް ކުރިން
މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
8 މަސް ކުރިން