logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލަށް ފަނާކުރުވަނިވި ހަމަލާތަކެއް ދޭން އީރާން ތައްޔާރުވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖޫން 2025 - 19:33
އިސްރާއީލަށް ފަނާކުރުވަނިވި ހަމަލާތަކެއް ދޭން އީރާން ތައްޔާރުވަނީ

އިސްރާއީލަށް ބޮޑު ފަނާކުރުވަނިވި ހަމަލާއެއް ދޭން ތައްޔާރުވެފައިވާ ކަމަށް އީރާންގެ ސަރުކާރު މީޑިއާއިން މިއަދު ބުނެފިއެވެ.

އީރާނުގެ ސަރުކާރުގެ ޓީވީން ރިޕޯޓު ކުރި ގޮތުގައި އިސްރާއީލަށް އަމާޒުކޮށް އީރާނުން ދޭ "ބޮޑު އަދި ފަނާކުރުވަނިވި" ބަދަލުހިފުމުގެ ހަމަލާތަކެއް ގަޑިއިރުތަކެއްގެ ތެރޭގައި ދޭން ފަށާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ ގައުމުގެ ދެމެދުގައި މިސައިލްތަކާއި ވައިގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް އީރާންގެ 80 އެއްހާ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 20 ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އަނެއްކޮޅުން، އީރާނުން ދިން ހަމަލާތަކުގައި އިސްރާއީލްގެ 4 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުން ކުރިން ރޭވިގެން ދިން ހަމަލާއަށް ތަޢުރީފުކޮށްފައެވެ.

އިޒްރޭލުން ހުކުރު ދުވަހުން ފެށިގެން އީރާނަށް ހަމަލާދޭން ފަށާފައި ވާއިރު އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ. އެހެންވެ އިޒްރޭލުން ބުނަމުންދަނީ މިހާރު އީރާނަށް ބޭނުން ގޮތަކަށް ހަމަލާ ދެވޭނެ ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދަށް އީރާނުން ވަރުގަދަ ރައްދެއް!ޚަބަރު | 4 ދުވަސް ކުރިންދަތިކުރަން އަޅާ ކޮންމެ ފިޔަވަޅެެއްގެ ނަތީޖާ ހިތިވާނެ - އީރާންޚަބަރު | 5 މަސް ކުރިންއީރާނުގެ ރައްދު: "ޔުރޭނިއަމް މުއްސަނދި ކުރުމުގެ ކަންކަމަށް ހުއްޓުމެއް ނާންނާނެ"ދުނިޔެ | 6 މަސް ކުރިންވައިގެ ދިފާޢީ ނިޒާމު އީރާނުން ވަރުގަދަކޮށްފިދުނިޔެ | 6 މަސް ކުރިން