logo
ޚަބަރު

އީރާނުގެ ވަރުގަދަ ހަމަލާތަކެއް، އިސްރާއީލަށް މިސައިލްގެ ވާރޭ އޮއްސާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ޖޫން 2025 - 01:37
އީރާނުގެ ވަރުގަދަ ހަމަލާތަކެއް، އިސްރާއީލަށް މިސައިލްގެ ވާރޭ އޮއްސާލައިފި

އާދިއްތަ ދުވަހުގެ ފަތިހު އީރާނުން އިސްރާއީލަށް ދެވަނަ ބުރުގެ މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ވެރިރަށް ތެލް އަވީވް އަދި ޖެރޫސަލަމްގައި ގިނަ އަދަދެއްގެ ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރޮއިޓަރސް އިން ވަނީ މަންޒަރު ދުށް މީހުންނާ ހަވާލާދީ، ދެ ސިޓީގައިވެސް ބާރުގަދަ ގިނަ އަދަދެއްގެ ގޮވުންތަކެއް އިވުނު ކަމަށް ބުނެފައެވެ. އިސްރާއީލުގެ ނޫސްވެރިއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ގޮތުގައި ތެލް އަވީވްގައި ވަރަށް ބޮޑެތި ގޮވުންތަކެއްގެ އަޑު އިވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުގެ ސިފައިންގެ ތަރުޖަމާނެއް ދެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، އީރާނުން އިސްރާއީލު ދައުލަތުގެ ސަރަޙައްދަށް މިސައިލްތަކެއް ފޮނުވާލިކަން ފާހަގަކުރެވުމާއެކު، ޤައުމުގެ އެކި ސަރަޙައްދުތަކުގައި އިންޒާރުތައް އަޑުގަދަކުރެވުނެވެ. އެއަރ ފޯސްއިން ގެންދަނީ މިސައިލްތައް އިންޓަރސެޕްޓްކޮށް، ނުރައްކާ ނައްތާލުމަށް މަސައްކަތްކުރަމުންނެވެ.

މި ހަމަލާތަކުގައި ހައިފާގައި އަންހެނަކު މަރުވެފައިވާ ކަމަށާއި އިތުރު 13 މީހަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުން ވަނީ ކަށަވަރުކޮށްދީފައެވެ. އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އީރާނުގެ ބައެއް މިސައިލްތައް އިންޓަސެޕްޓު ނުކުރެވި އިސްރާއީލުގެ މުހިންމު ހިސާބުތަކަށް އަމާޒުވެ، ބޮޑެތި ގޮވުންތައް ގޮވާފައިވެއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން އާންމުންގެ ކިބައިން އެދިފައިވަނީ ހޯމް ފްރަންޓް ކޮމާންޑްގެ އިރުޝާދުތަކަށް ތަބާވުމަށެވެ. ދިފާޢީ ނިޒާމަކީ ފުރިހަމައަށް ރައްކާތެރި ނިޒާމެއް ނޫން ކަމަށް ބުނެ، އިރުޝާދުތަކަށް ތަބާވުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން ރޭގައި އީރާނުން ދިން ހަމަލާތަކުގައި ވެސް އިސްރާއީލުގެ މުހިންމު ސިޓީތަކުގެ ބޮޑެތި ބައެއް އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ސިޓީތަކުގައި ބިރުވެރިކަން އުފެދި، ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ރައްދު: "ޔުރޭނިއަމް މުއްސަނދި ކުރުމުގެ ކަންކަމަށް ހުއްޓުމެއް ނާންނާނެ"ދުނިޔެ | މަހެއް ކުރިންވައިގެ ދިފާޢީ ނިޒާމު އީރާނުން ވަރުގަދަކޮށްފިދުނިޔެ | މަހެއް ކުރިންއީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި World | މަހެއް ކުރިންއީރާނުގެ ވައިގެ ސަރަހައްދު ހުޅުވައިފި World | 2 މަސް ކުރިން