logoEN
ދުނިޔެ

މި އުޅެނީ އިރާން ރައްޔިތުންނަށް މިިނިވަންކަން ހޯދައިދޭން، މިހާރުގެ ވެރިކަން ވައްޓާލާނަން: ނަތަންޔާހޫ

އާމިނަތު ސަފާއާމިނަތު ސަފާ

15 ޖޫން 2025 - 04:50

އީރާނުން ކުރަނީ އަނިޔާވެރި ވެރިކަމެއްކަމަށާއި މިހާރު އިރާނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ އިރާން ރައްޔިތުންނަށް މިިނިވަންކަން ހޯދައިދޭން ދެމުންދާ ހަމަލާތަކެއްކަމަށް ބުނެ އިރާނުގެ ވެރިކަން ވައްޓާލާނެކަމުގެ އިންޒާރު ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.

އިސްރާއީލުން އެމެރިކާގެ ވާގިވެރިކަމާއެކު އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި ޔަހޫދީން ސިއްސައިގެންދާ ފަދަ ފަދަ ހަމަލާތަކެއް އީރާނުން ދަނީ ދެމުންނެވެ. އިރާނުން ދެމުންދާ ހަމަލާތަކުގައި ލިބެމުންދާ ގެއްލުން ދުނިޔެއަށް ސިއްރުކުރުމަށް މުޅި އިސްރާއީލުން އިންޓަނެޓް ކަނޑާލިނަމަވެސް އީރާނުގެ ހަމަލާތަކުން އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންކަން ބައިނަލްއަގްވާމީ ނޫސްތަކުން ދަނީ ކަށަވަރުކޮށްދެމުންނެވެ. އެއާއެކު ހަދާނެގޮތް ހުސްވެ ނަތަންޔާހޫ ވަނީ އިރާނުގެ ރައްޔިތުންނާ މުޚާތަބުކޮށް، އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ އިރާނު ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭން ދެމުންދާ ހަމަލާތަކެއްކަމަށް ބުނެފައެވެ.

އިނގިރޭސި ބަހުން ދިން ހިތާބުގައި ނަތަންޔާހޫ ބުނީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ އަކީ އަނިޔާވެރިވެރިކަމެއްކަމަށެވެ. އަދި އިރާނުގެ ރައްޔިތުން ޔަހުދީންނާ އެއްބައިވެ އިރާން ސަރުކާރާ ދެކޮޅަށް ނުކުންނަންވީ ވަގުތު އައިސް ޖެހިއްޖެކަމަށް އޭނާ ވަނީ ބުނެފައެވެ. ނަތަންޔާހޫ އިތުރަށް ބުނީ ގާތްގަނޑަކަށް 50 އަހަރު ވަންދެން އަނިޔާވެރިކަމުގައި އިރާނުގެ ރައްޔިތުން ހޭދަކޮށްފައިވާކަމަށާއި މިހާރު އިރާނަށް ދޭ ހަމަލާތަޖުގެ މަގުސަދަކީ އެ ގައުމުގެ ނިއުކްލިއަރ ބާރު ނައްތާލާ އިރާނުގެ ވެރިކަން ވައްޓާލުންކަމަށެވެ.

ނަތަންޔާހޫ ބުނީ އިރާން ދެމި އޮތުމަކީ އިސްރާއީލުގެ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށެވެ. ނަމަވެސް އިސްރާއީލާ 2314 ކިލޯމީޓަރު ދުރުގައި އޮންނަ އިރާނުގެ ސަބަބުން އިސްރާއީލުގެ ސަލާމަތައް ލިބޭނީ ކޮންކަހަލަ ގެއްލުމެއްތޯ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުންދަނީ ސުވާލު އުފައްދަމުނެވެ.

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އީރާނުން އަންނަނީ ޔަހޫދީންނަށްޓަކައި ނަރައިގެ ދޮރުތައް ހުޅުވާލަދޭނެކަމަށްބުނެ ވަރުގަދަ ރައްދު ހަމަލާތަކެއްދެމުންނެވެ.

ކޮމެންޓް

871x217_placeholder