logo
E-Platinum
ޚަބަރު

"ފަށާ މަދަދު"ގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ޝަހްޒާ މުހައްމަދު
15 ޖޫން 2025 - 07:14
"ފަށާ މަދަދު"ގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ދޫކުރާ "ފަށާ މަދަދު" ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިކަން އިއުލާންކޮށްފައިވާއިރު، މި ލޯނު ސްކީމަށް ޖުމްލަ 100 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި ލޯނު ސްކީމްގެ ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ޚާއްސަކޮށްފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ލޯނު ސްކީމްގެ 25 ޕަސެންޓް ވަނީ ޚާއްސަކޮށްފައެވެ. އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ލޯނު ނަގާ ފަރާތްތަކަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 7 އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް މަހުގެ 31 ވާ އާދީއްތަ ދުވަހެވެ.

"ފަށާ މަދަދު" ލޯނަކީ އެސްޑީއެފްސީއާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމެވެ.

މި ލޯނު ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަންހެނުންނަށް ޚާއްސަ ލޯނު ސްކީމެއް ތަޢާރަފުކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނޑުވެރި ނަފާ ލޯނު މިހާތަނަށް 45 ފަރާތަކަށް ދޫކޮށްފިޚަބަރު | 7 ގަޑިއިރު ކުރިން"ފަށާ މަދަދު"ގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންސަރުކާރުން ދޫކުރި ސްޓޫޑެންޓް ލޯން އަނބުރާ ދައްކަނީ 40 އިންސައްތަ ދަރިވަރުން: ވަޒީރުޚަބަރު | 3 މަސް ކުރިންމަސްވެރިންނަށް މިހާރު ލޯނަށް އެދެވޭނެ ޚަބަރު | 3 މަސް ކުރިން