logoEN
ޚަބަރު

ޕީއެންސީގެ ހަރުގެ ޖަލްސާއެއް މިރޭ

ޝަހްޒާ މުހައްމަދު ޝަހްޒާ މުހައްމަދު

16 ޖޫން 2025 - 05:33

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މިރޭ 20:45 ގައި އެ ޕާޓީގެ މައި ހަރުގެ، ކޮންގްރެސް ހައުސް (ހ.ވެޔޮވިލާ) ގައެވެ.

މި ޖަލްސާއަށް އެޕާޓީގެ އެންމެހާ ސަޕޯޓަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް އެ ޕާޓީން ވަނީ ދައުވަތު ދީފައެވެ.

މި ޖަލްސާގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އާއި، އޭދަފުށީ ދާއިރާގެ މަޖްލިސް މެމްބަރު އަޙްމަދު ސަލީމްއާއި މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދުގެ އިތުރުން ހޯމް މިނިސްޓްރީގެ ސްޓޭތް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވާހަކަދައްކަވާނެއެވެ.

ސަރުކާރު ހިންގާ ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ އެކްޓިވް ސިޔާސީ ޕާޓީއެވެ.

ކޮމެންޓް

871x217_placeholder