logoEN
ޚަބަރު

ރައީސް ޑރ މުޢިއްޒުގެ އިސްތަށިފުޅުގައި އެއްވެސް ޒާތެއްގެ ބަދުނާމެއް އެޅުނަކަ ނުދޭނަން - ސަލީމް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

16 ޖޫން 2025 - 16:27

މި ޤައުމުގައި ރައީސްކަން ކުރެއްވި ބޭބޭފުޅުންގެ އިސްތަށިފުޅުގައި ވަރަށް ގިނަ ބަދަލުނާމު އެޅިފައިވާ ކަމަށާއި، ނަމަވެސް ރައީސް ޑރ މުޢިއްޒުގެ އިސްތަށިފުޅުގައި އެފަދަ އެއްވެސް ބަދުނާމެއް އެޅުނަ ނުދެއްވާނެ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ ޕީއެންސީ ހަރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައީސް މަޢުމޫނުގެ ވެރިކަން ނިމިގެން ދިޔައީވެސް ވަރަށް ބޮޑެތި ބަދުނާމުތައް އެޅިގެން. އޭގެފަހުން ވެރިކަމަށް އައި ރައީސް މުޙައްމަދު ނަޝީދާއި ރައީސް ވަޙީދާއި އަދި ރައީސް ޔާމީންގެ އިސްތަށިފުޅުގައިވެސް ވަގު ބަދުނާމު އެޅުނު. ރައީސް ސޯލިހުގެ ވެރިކަން ނިމިގެން ދިޔައީ އަދި މާ ބޮޑު ވަގަކަށް ވެގެން. އެންމެފަހު ޗޯރު އިބޫ ކީ. ރައީސް ޑރ މުޙައްމަދުގެ އިސްތަށިފުޅުގައިވެސް އެފަދަ ބަދުނާމެއް އަޅުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް އެ ކުރަނީ. އިރާދަކުރެއްވިއްޔާ އެފަދަ ބަދުނާމެއް އެޅުނަކަ ނުދޭނަން" - ސަލީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މި ޤައުމު އޮތީ ހީކުރި ވަރަށްވުރެ މާ ޙާލަތު ދަށްކޮށް ކަމަށާއި، އެހެން ނަމަވެސް މި ޤައުމު ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މި ވެރިކަމާ އަޅުގަނޑުމެން ހަވާލުވިއިރު ޤައުމު އޮތީ ވަރަށް ހާލުގަ. ހީކުރި ވަރަށް ވުރެވެސް ވަރަށް ބޮޑަށް ދަށުގަ އޮތީ. އަޅުގަނޑުމެން އައީ ރައްޔިތުންނަށް ވަޢުދުތަކެއް ވެގެން. އިރާދަކުރެއްވިއްޔާ އެ ހުރިހާ މަސައްކަތެއް ރައީސް އެ ގެންދަވަނީ ކުރައްވަމުން" ސަލީމް ވިދާޅުވިއެވެ.

ހަމައެހެންމެ ސަލީމް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ވާހަކަ އަބަދުވެސް ދައްކަން ޖެހޭ ކަމަށާއި ރައްޔިތުންނަށް އެކަންކަން އަބަދުވެސް އަންގައިދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް

871x217_placeholder