logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެލް.އޭ ގެލެކްސީ ބަލިކޮށް ޗެލްސީ ވޯލްޑްކަޕް ފެށުން ރަނގަޅުކޮށްފި

އަބްދުﷲ ޣާނިމް
17 ޖޫން 2025 - 03:09
މެޗުގެ ސުޕީރިއަރ ޕްލޭޔަރ ނެޓޯ ޗެލްސީގެ ފުރަތަމަ ގޯލުޖަހަނީ. ފޮޓޯ: ޓެލެގްރާފް
މެޗުގެ ސުޕީރިއަރ ޕްލޭޔަރ ނެޓޯ ޗެލްސީގެ ފުރަތަމަ ގޯލުޖަހަނީ. ފޮޓޯ: ޓެލެގްރާފް

އެޓްލާންޓާގެ މަރސިޑީޒް-ބެންޒް ސްޓޭޑިއަމްގައި ކުޅުނު ކްލަބް ވޯލްޑްކަޕްގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ޗެލްސީން ލޮސް އެންޖެލެސް އެފްސީ (އެލް.އޭ ގެލެކްސީ) 2-0 އިން ބަލިކޮށްފިއެވެ. 71،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި މި މެޗު ބެލުމަށް ޙާޟިރުވީ އެންމެ 22،137 ސަޕޯޓަރުންނެވެ.

މިމެޗުގައި އިޕްސްވިޗް އިން 30 މިލިއަން ޕައުންޑަށް މިޓްރާންސްފަރ މާކެޓްގައި ގަނެފައިވާ ލިއަމް ޑެލަޕް ދެވަނަ ހާފުގައި ބަދަލުކޫލުންތެރިއެއްގެ ގޮތުގައި ނިކުމެ ރަނގަޅު ކުޅުމެއް ދައްކައި، އެންޒޯ ފަނާންޑޭޒްގެ ލަނޑު ޖެހުމުގައި އެހީތެރިވެދިނެވެ. މީގެ ކުރިން ޕެޑްރޯ ނެޓޯ ވަނީ ފުރަތަމަ ހާފުގައި ފުރަތަމަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އޮލިވިއޭ ޖިރޫޑް އަދި ހިއުގޯ ލޯރިސް ހިމެނޭ އެލް.އޭ ގެލެކްސީ އަށް ޑެނިސް ބުއާންގާ އަދި ޑޭވިޑް މާޓިނެޒް މެދުވެރިކޮށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނެވެ.

މެޗަށް މަދު ބަޔަކު ޙާޟިރުވި ސަބަބުތަކުގެ ތެރޭގައި ޓިކެޓް އަގު ބޮޑުވުމާއި، މާކެޓިންގ މަދުވުމާއި، ހަފުތާ ދުވަހެއްގެ މެންދުރުފަހު 3 ގައި މެޗު ބޭއްވުން ހިމެނެއެވެ. އަދި ހަމަ އެ ދުވަހު އެޓްލާންޓާގައި ބޭއްވުނު ޔޫއެފްސީ ފައިޓާއި ޕަވަރ ރޭންޖަރސް ކޮންވެންޝަން ފަދަ އިވެންޓްތަކުގެ ސަބަބުން ވެސް މެޗަށް މަދު ބަޔަކު ޙާޟިރުވިއެވެ.

ޗެލްސީ ދެން ކުޅޭނީ ހުކުރު ދުވަހު ފިލަޑެލްފިއާގައި ފްލަމެންގޯ އާ ދެކޮޅަށެވެ. އަދި އެލް.އޭ ގެލެކްސީ ކުޅޭނީ ނޭޝްވިލްގައި އީއެސް ޓޫނިސް އާ ދެކޮޅަށެވެ. މީގެ އިތުރުން ގްރޫޕް ޑީގެ ދެވަނަ މެޗުގައި ރޭގައި ބްރެޒިލްގެ ފްލެ،މިންގޯ ވަނީ ތޫނިސްގެ އެސްޕަރެންސް އަތުން 2-0 އިން މޮޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | 2 ދުވަސް ކުރިންރޯޖާސް އަދި ޕާމާގެ މޮޅުކުޅުމާއެކު ފަހަތުން އަރައި ލީޑްސް ބަލިކޮށް ޗެލްސީ އިނގިރޭސި ލީގުކަޕްގެ ހަތަރުވަނަ ބުރަށްކުޅިވަރު | 11 ދުވަސް ކުރިންޕްރީމިއަރ ލީގުގެ ޗެންޕިއަން އާސެނަލުން ފަހަތުން އަރައި ވޯލްޑް ޗެންޕިއަން ޗެލްސީ ބަލިކޮށްފިކުޅިވަރު | 14 ދުވަސް ކުރިންޗެލްސީއިން ބޭނުންނުވެގެން އެއްލާލި ޖެކްސަން 65 މިލިޔަން ޕައުންޑަށް ވިލާއަށްކުޅިވަރު | 25 ދުވަސް ކުރިން