logoEN
ޚަބަރު

ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

17 ޖޫން 2025 - 08:59

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 22 އަހަރުގެ މުޙައްމަދު ޢާލިމް ހައްޔަރުކޮށްފައިވަނީ ރޭ 00:41 އެހާކަށްހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.

ޢާލިމް ހުޅުމާލޭ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރިކަމަށެވެ. އަދި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.ޢާލިމް ގެންގުޅުނު ކޮތަޅުތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްގެ ވަގުތީ ބަރުދަނަކީ 259 ގްރާމްކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder