ވިކްޓަރ ގިއޯކެރެސް ސޮއިކުރުމަށް ރިއަލް މެޑްރިޑުން ދެކޮޅުހަދައިފި

ވިކްޓޯ ގްޔޯކެރޭޝް އަކީ މިދިޔަ ސީޒަނުގައި ޔޫރަޕުގެ އެންމެ ގިނަ ގޯލުޖެހި އެއް ފޯވާޑް. ފޮޓޯ: އެކްސް

17 ޖޫން 2025 - 11:19
ވިކްޓޯ ގްޔޯކެރޭޝް ރެއާލް މެޑްރިޑް އަށް ބަދަލުވާން އޭނާގެ އެޖެންޓް ހުށަހެޅި ހެށަހެޅުމަށް ނޫނެކޭބުނެފައިވާކަން ދަ އެތްލެޓިކް އިން ރިޕޯރޓްކޮށްފިއެވެ.
ރިއަލް މެޑްރިޑުން މިވަގުތު ހޯދަމުންދަނީ 2023 ވަނަ އަހަރުގެ ސީޒަނުގައި ޓީމަށް ކުޅުނު ހޮސެލޫ ސްޓައިލުގެސްޓްރައިކަރެކެވެ. އެއީ ބޮކްސް ތެރޭގައި އިމްޕެކްޓް ދެވޭ، ކުޑަ އަގެއްގައި ލިބެންހުރި އަދި ދެވަނަ ސްޓްރައިކަރެއްގެ ގޮތުގައި ކުޅެން ޤަބޫލުކުރާނެ ކުޅުންތެރިއެކެވެ.
މިއީ ކުލަބުގެ އައު ކޯޗު ޒާބި އަލޮންސޯގެ ސީދާ އެދުމެކެވެ. އޭނާ ބަޔަރ ލެވަކޫސެންގައި މަސައްކަތްކުރި ދުވަސްވަރު ވިކްޓަރ ބޮނިފޭސް އަދި ބޯޖާ އިގްލެސިއަސް ފަދަ ކުޅުންތެރިންނާއެކު މަސައްކަތްކޮށްފައިވެއެވެ.
ކުލަބަށް ހުށަހެޅިފައިވާ ކުޅުންތެރިންގެ ތެރޭގައި ސްޕޯޓިންގ ސީޕީގެ ވިކްޓަރ ގިއޯކެރެސް ހިމެނެއެވެ. ނަމަވެސް މެޑްރިޑުން މި ސުވީޑިޝް ފޯވާޑާމެދު ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކެއް ހުރެއެވެ. އޭގެ ތެރޭގައި އޭނާގެ ޓްރާންސްފަރ އަގު މަތިވުމާއި، އޭނާއަކީ ދެވަނަ ސްޓްރައިކަރެއްގެ ބަދަލުގައި މައި ސްޓްރައިކަރެއްގެ ގޮތުގައި ދެކޭތީ އޭނާ ގެނައުމަށް ދެކޮޅުހަދާފައިވެއެވެ.
ވިކްޓޯ ގްޔޯކެރޭޝްގެ ސޮއި ހޯދުމުގައި މިވަގުތު ކުރީގައި އުޅެނީ އާރސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
8 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
8 މަސް ކުރިން
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލެސިކޯ މިރޭ: ފަހުގެ ތާރީޚެއްގައި މި ދެޓީމުކުޅޭ އެންމެ ވާދަވެރި މެޗު.
8 މަސް ކުރިން