logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފީފާ ކުލަބު ވޯލްޑްކަޕް ހުއްޓުވާލަން ލަލީގާގެ ރައީސް މަސައްކަތްކުރަނީ

އަބްދުﷲ ޣާނިމް
18 ޖޫން 2025 - 11:18
ލަލީގާގެ ރަޢީސް ޓެބާސް- ފޮޓޯ: އިންޑިއާ ޓުޑޭ
ލަލީގާގެ ރަޢީސް ޓެބާސް- ފޮޓޯ: އިންޑިއާ ޓުޑޭ

ސްޕެއިންގެ ލަލީގާގެ ރައީސް ހަވިއަރ ޓެބަސް ވަނީ މިހާރު އެމެރިކާގައި ކުޅެމުންދާ 32 ޓީމުގެ ފީފާ ކުލަބު ވޯލްޑްކަޕް ހުއްޓުވާލުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.

މި މުބާރާތުގައި ސްޕެއިންގެ ދެ ޓީމު ކަމަށްވާ އެޓްލެޓިކޯ މެޑްރިޑް އަދި ރެއަލް މެޑްރިޑް ވާދަކުރަމުން ދިޔަ ނަމަވެސް، ޓެބަސް ވަނީ މި އެއް މަސްދުވަހުގެ މުބާރާތް ކުރިއަށް އޮތް ތަނުގައި ނުބޭއްވުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation


"އަޅުގަނޑުގެ މަޤްސަދަކީ އިތުރު ކުލަބު ވޯލްޑްކަޕެއް ނުބޭއްވުން، އެއީ ވަރަށް ސާފު" ކަމަށް ލަލީގާގެ އިވެންޓެއްގައި ޓެބަސް ބުނެފައިވެއެވެ.

މުބާރާތުގެ ފޯމެޓް ނުވަތަ ތާރީޚް ބަދަލުކޮށްގެން ރަނގަޅު ކުރެވިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން، ޓެބަސް ވަނީ އޭނާގެ ވިސްނުން އިތުރަށް ސާފުކޮށްދީފައެވެ.

 

 "ވަކި ބައެއްގެ ކުލަބުތަކަށާއި ކުޅުންތެރިންނަށް ފައިސާ ލިބޭ އިތުރު މުބާރާތެއްގެ ބޭނުމެއް ނެތް،" ޓެބަސް ބުނެފައިވެއެވެ.
"އަޅުގަނޑުމެންގެ ލީގުގައި އިތުރު ފައިސާއެއް ނެތް. އަޅުގަނޑުމެން މި ނިޒާމު ދެމެހެއްޓުމަށްޓަކައި މި މުބާރާތް ނައްތާލަން ޖެހޭ" ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޓެބަސްއަކީ ޚާއްސަކޮށް ބާސެލޯނާ އަދި ރެއަލް މެޑްރިޑް ފަދަ ލަލީގާގެ އެންމެ ބޮޑު ދެ ކުލަބާ ގުޅޭ ގޮތުން، މާލީ ކަންކަމާއި، ރެފްރީންގެ މައްސަލަތަކާއި، ޓީވީ ޙައްޤުތަކާއި އަދި ޖުމްލަކޮށް ފުޓްބޯޅައާ ގުޅޭ އެކި މައްސަލަތަކުގައި އަޑުއުފުލާ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާޅްގެ މޮޅުކުޅުމާއެކު ޗެންޕިއަން ބާސެލޯނާ ސްޕެނިޝް ލީގުގައި އުދުހެނީކުޅިވަރު | 14 ދުވަސް ކުރިންފަހުވަގުތު ބައިކޮޅަށްވަތްގޯލާއެކު ރެއާލް މެޑްރިޑުން ލަލީގާ ތަބަކަށްލާފައި ބާސާއަށްދީފިކުޅިވަރު | 5 މަސް ކުރިންބާސާމެޗުގައި ރަތް ކާޑު ނުދެއްކުމަކީ ހެދުނު ގޯހެއް ކަމަށް ސްޕެއިންގެ ރެފްރީންގެ ކޮމިޓީން އެއްބަސްވެއްޖެކުޅިވަރު | 5 މަސް ކުރިންބާސާގެ މެޗު އެމެރިކާގައި ކުޅުމާއި ދެކޮޅަށް ކުޅުންތެރިން ކުރި އިހުތިޖާޖުތަކަކީ ގާނޫނީ ގޮތުން ސައްހަ ކަމެއް ކަމަށް ކޯޓުން ނިންމައިފިކުޅިވަރު | 5 މަސް ކުރިން