logo
Bank of Maldives

Bank of Maldives

ވިޔަފާރި

''ބަންކަރިން ޚިދުމަތުން ބޮޑު ނަފާއެއްލިބޭނެ، ރައީސް މުޢިއްޒު ކުރެއްވީ މިހާތަނަށް ރައީސަކު ނުކުރަށްވާ މަސައްކަތެއް''

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ސެޕްޓެމްބަރު 2024 - 18:50
''ބަންކަރިން އިން  ބޮޑު ނަފާއެއްލިބޭނެ، ރައީސް  ކުރެއްވީ މިހާތަނަށް ރައީސަކު ނުކުރަށްވާ މަސައްކަތެއް''

އުތުރުގައި ފެށޭ ބަންކަރިން ޚިދުމަތުން ބޮޑު ނަފާއެއްލިބޭނެ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވީ މިހާތަނަށް ރައީސަކު ނުކުރަށްވާ މަސައްކަތެއްކަން ޤަބޫލުކުރަންޖެހޭކަމަށް  މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ހއ. އުލިގަމުގައި ގާއިމުކޮށްފައިވާ 'އުތުރު އައިއެސްޕީއެސް ގޭޓް' މިރޭ ވަނީ ހުޅުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވަޖީހް ދެއްކެވި ވާހަކާގައި ވިދާޅުވީ، މެރިޓައިމް ހިދުމަތްތައް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރިއަށް ގެންދެވާކަމަށާއި، މިއީ ބޮޑު ނާފާއެއް ލިބޭނެ ސިނާޢަތެއްކަމަށެވެ.

"އަދުގެ ރައީސް މިހާހިސާބަށް އެކުރެއްވި މަސައްކަތްތަކަކީ މިހާތަނަށް އެއްވެސް ރައީސަކު ނުކުރައްވާ މަސައްކަތްކަން ޤަބޫލުކުރަން ޖެހޭ.'' ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ، އެހެން ނޫންނަމަ ރައީސް މުޢިއްޒުގެ ވެރިކަމުގެ 10 މަސް ދުވަހުގެ ތެރޭގައި މިވަރުގެ މަސައްކަތެއް ނުނިމޭނެ ކަމަށެވެ. އަދި މިމަސައްކަތް ހަގީގަތަކަށް ވެގެންދާއިރު، ދިވެހި ރާއްޖޭގެ މެރިޓައިމް ދާއިރާ ވާނީ އިޤްތިޞާދަށް ނަފާ ހޯދާދޭ ތިންވަނަ އިންޑަސްޓްރީއަށް ކަމަށާއި، އެކަން ކުރަށްވާނެކަމަށް ވަޖީހް ވަނީ ވިދާޅުވެފައެވެ.

އުތުރު އައިއެސްޕީއެސް ގޭޓު އިމާރާތް ހުޅުވިއިރު ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށަނީ މާދަމާ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފިޚަބަރު | 2 ދުވަސް ކުރިންޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ: އެމްޕީއެލްޚަބަރު | 5 ދުވަސް ކުރިންކޮލަމްބޯ ބަނދަރުން މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެވިޔަފާރި | 19 ދުވަސް ކުރިންބޯޓުތައް ތިލަފުއްޓަށް ބަނދަރު ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިޚަބަރު | 23 ދުވަސް ކުރިން