logoEN
ދުނިޔެ

މޮސާޑަށް ދިން ހަމަލާއާއެކު ރުޅިގަދަވެ ހާމަނާއީ ޝަހީދުކުރާނެކަމުގެ އިންޒާރު އަނެއްކާވެސް ދީފި

އާމިނަތު ސަފާއާމިނަތު ސަފާ

18 ޖޫން 2025 - 13:40

ތެލް އަވީވުގައި ހުންނަ އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ މައި މަރުކަޒަށް އީރާނުން ދިން ހަމަލާއާ ގުޅިގެން ރުޅިގަދަވެ ދެން ހަމަލާދޭނީ ސީދާ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްﷲ އަލީ ހާމަނާއީއަށް އަމާޒުކޮށްގެން ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއިލް ކަޓްޒް ބުނެފިއެވެ.

ހާމަނާއީ ޝަހީދުކޮށްލާނެކަމަށް ބުނެ ޔަހޫދީން މިފަހަކަށް އައިސް ދަނީ ގިނަ އިންޒާރުތަކެއް ދެމުންނެވެ.

އިރާނުގެ ހަމަލާއާ ގުޅިގެން މޮސާޑުގެ އިމާރާތް އެކީ އެކަށް ސުންނާފަތި ވެފައިވާއިރު އިސްރާއިލް ކަޓްޒް ވަނީ ސަހުޔޫނީންގެ ހަމަލާތައް ދިނުމުގައި ދެން ބަލާނީ ސީދާ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްﷲ އަލީ ހާމަނާއީ ޝަހީދުކޮށްލެވޭނެގޮތަކަށެވެ.

އިސްރާއީލުން އިރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އިރާނުގެ އެންމެ އިސް އަސްކަރީ އިދާރާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންދިން ހަމަލާތައް މޮސާޑުގެ މައި އޮފީހަށް ވަނީ އަމާޒުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން ވަނީ 140 އަށް ވުރެ ގިނަ ޑްރޯން މިހާރުވެސް އިސްރާއީލާ ދިމާއަށް ފޮނުވާލާފައެވެ. ޝަހީދުކޮށްލާފައިވާ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންއަށް ހެދިގޮތް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއަށް ހަދަންޖެހިދާނެކަމަށް ކަޓްޒް ބުނީ އިއްޔެއެވެ.

އިސްރާއީލުގެ ބައިނަލްއަޤްވާމީ ޖާސޫސީ ޚިދުމަތްކަމުގައިވާ މޮސާޑްގެ ހެޑްކޯޓަރު ހުންނަނީ ތެލް އަވީވްގެ އުތުރު ސަރަހައްދުގައެވެ.

މޮސާޑަކީ އިސްލާމީ އުއްމަތުގެ އަރާތިއްބެވި ސިޔާސީ ވެރިން ޝަހީދު އަވަދިނެތި އުޅޭ ޖަމާއަތެކެވެ.

މޮސާޑު އުފެދުނީ 1 އޭޕްރިލް 1951 ގައި ސަހުޔޫނީންގެ މައި މަރުކަޒު ތެލް އަވީވުގައެވެ. މޮސާޑުގެ ބާނީއަކީ އިސްރާއީލުގެ އެންމެފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޯރިޔަނެވެ.

ކޮމެންޓް

871x217_placeholder