އެންޓި ޑޯޕިން މައްސަލައިގައި ޗެލްސީގެ މުޑްރިކް އަށް ދަޢުވާކޮށްފި

ޗެލްސީގެ މުޑްރިކް ޑޯޕިން މައްސަލައިގައި ސަސްޕެންޝަނުގައި ހުންނަތާ މިހާރު 6 މަސް ވެއްޖެ

19 ޖޫން 2025 - 03:37
ޗެލްސީ އަށް ކުޅެމުންދާ ޔޫކްރޭންގެ ފޯވަޑް މިޚައިލޯ މުޑްރިކް ކުޅިވަރުގައި މަނާ ބޭހަށް ޕޮޒިޓިވް ވެފައިވާ މައްސަލައިގައި އިނގިރޭސި އެފްއޭ އިން ވަނީ އޭނާއަށް ދަޢުވާ ކުރުމަށް ނިންމާފައެވެ. މި މައްސަލަ އޭނައާއި ދެޚޮލަށް ސާބިތުވެއްޖެނަމަ، ހަތަރު އަހަރު ދުވަހުގެ ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ބެލެވެއެވެ.
އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ނެގި ރެންޑަމް ސާމްޕަލް އަކުންނެވެ. މި މައްސަލަ ފާހަގަވުމާ ގުޅިގެން އިނގިރޭސި އެފްއޭ އިން ވަނީ މުޑްރީކް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.
އިނގިރޭސި އެފްއޭ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންޓި ޑޯޕިން ގަވާއިދުގެ ދަށުން މުޑްރީކްއަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. ޑޯޕިން ގަވާއިދުތައް ބުނާ ގޮތުން ގަސްތުގައި މަނާ ބޭސް ބޭނުން ކޮށްފިނަމަ އެ ފަރާތެއް ހަތަރު އަހަރު ދުވަހަށް ސަސްޕެންޑް ކުރެވޭނެއެވެ. ނަމަވެސް ގަސްތުގައި މަނާ ބޭހެއް ބޭނުންކޮށްފައިނުވާކަން ސާބިތުކޮށްދެވިއްޖެނަމަ، ސަސްޕެންޝަންގެ މުއްދަތު ކުރުކުރުމުގެ ފުރުސަތު އޮވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ 28 އިން ފެށިގެން މުޑްރީކް ވަނީ ޗެލްސީގެ އެއްވެސް މެޗެއް ނުކުޅެއެވެ. އަދި ޑިސެމްބަރ 1 އިން ފެށިގެން ޓްރެއިނިން ސެޝަންތަކުގައިވެސް ބައިވެރިވެފައެއް ނުވެއެވެ.
2023 ވަނަ އަހަރު ޝާހްތާރު ޑޮނެސްކް އިން 89 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު މުޑްރީކް، މިހާތަނަށް ޗެލްސީއަށް ކުޅުނު 73 މެޗުގައި ވަނީ 10 ލަނޑު ޖަހާފައެވެ. މީގެ ކުރިން މިފަދަ މައްސަލައެއްގައި ފްރާންސްގެ ޕޯލް ޕޮގްބާގެ ހަތަރު އަހަރުގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އިތުރު ލިޔުންތައް

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.
8 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީގެ ކުރިމަތިލުން ހަމަހަމަ.
8 މަސް ކުރިން
މާރކް ގިއުގެ މާކެޓް އަގާ އެއްވަރު ޓީމަކާދެކޮޅަށް ޗެލްސީއިން ގޯލުފުންޏެއް
8 މަސް ކުރިން.png&w=3840&q=75)