logo
MPL

MPL

ޚަބަރު

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު: ނާޒިމް

އާމިނަތު ޝަފާ
19 ޖޫން 2025 - 10:29
ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު: ނާޒިމް

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ސިއްހަތާ ބެހޭ ވަޒީރު ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުން ވޭތުވެދިޔަ ތަނުގައި އެސްޓިއޯއިން ރާއްޖެއަށް އެތެރެ ނުކުރާހާ ގިނަ އައިޓަމްތަކުގެ ބޭސް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ނިޒާމްގެ ތެރެއިން މެދު ނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ޝަކުވާ ނުކުރާ ވަރަށް ރައްޔިތުންނަށް ފަސޭހަ އިން ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އަމާޒެއް ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތަކީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް ހޮސްޕިޓަލް ނިޒާމްގެ ތެރެއިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކައި ޓާރޝަރީ ހޮސްޕިޓަލްތަކުގެ އިންޕޭޝަންޓުންނަށް އެ ހެލްތު ފެސިލިޓީއަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާއިރު، އެހެނިހެން ހެލްތު ފެސިޓީތަކުގައިވެސް މިނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | 23 ދުވަސް ކުރިންނުރައްކާތެރި ބަލިތަކުން މަރުވާ މީހުންގެ ނިސްބަތް ތިރިކޮށް، އެވޯޑް ހޯދައި ރާއްޖެއިން މުޅި ސަރަހައްދަށް ނަމޫނާއަކަށްޚަބަރު | 2 މަސް ކުރިންބޭސްވެރިކަމުގެ ގައުމީ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްކުރަނީޚަބަރު | އަހަރެއް ކުރިންއައިއެސްޑީބީއިން 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީދާއިރާއަށް ހަދިޔާކޮށްފިޚަބަރު | އަހަރެއް ކުރިން