logo
ޚަބަރު

އެފްޑީސީގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށަނީ

އަޙްމަދު ޒަލީފް
19 ޖޫން 2025 - 13:56
އެފްޑީސީގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތްތައް ނިންމާ އަންނަމަހު ފްލެޓްތައް ލިބުން ފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން އިމާރާތްކުރަމުންދާ 4000 ފްލެޓުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 32 ޓަވަރަކަށް ބަހާލައިގެންނެވެ. މިއީ މާލޭ ސަރަޙައްދުގައި މިވަގުތު ހިންގާ ސޯޝަލް ހައުސިންގގެ އެންމެ ބޮޑު މަޝްރޫޢެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރުކާރު ޙަވާލުވީއިރު މަޝްރޫޢުގެ ސްޕީޑު ހުރި މިންވަރާއި އަޅާބަލާއިރު، މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި އެގޮތުން އިމާރާތުގެ ތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަމަށް މި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

މި 4000 ފްލެޓުގެ ޓަވަރުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައިވާއިރު، އަމާން ދޯދީގެ 16 ވަނަ ޓަވަރާއި، އަމާން އުދަރެހުގެ 12 އަދި 13 ވަނަ ޓަވަރުގެ ބައެއް ފްލެޓްތަކަށް އެމަނިކުފާނު ވަޑައިގެން ވަނީ ބައްލަވާލައްވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ފަހި ދިރިއުޅުން ކޯރޕަރޭޝަނާއި، މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ 2 ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމް: 2416 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 10 ދުވަސް ކުރިންފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ވާހަކަ އަކީ ދޮގެއްޚަބަރު | މަހެއް ކުރިންގެދޮރުވެރިޔާގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރަނީޚަބަރު | 2 މަސް ކުރިން