logoEN

"މިއީ އެހެން ދުވަހެއް، އިރާޤަށް ހެދިހެން އީރާނަކަށް ނުހެދޭނެ"

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

19 ޖޫން 2025 - 15:16

ޔަހޫދީންނާ ބައިވެރިވެ އީރާނަށް ޙަމަލާ ދިނުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދާތީ އެކަމާ ދެކޮޅަށް އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީން އަޑު އުފުލައިފިއެވެ.

ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕްގެ އިސް މުޝީރެއްގެ ގޮތުގައި ޚިދުމަތް ކުރި މީހެއް ކަމަށްވާ ސްޓީވް ބެނަން ބުނެފައިވަނީ ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤަށް އަރައި، އެ ޤައުމުގެ ވެރިކަން ވައްޓާލުމަށް ކުރި ދިގު، އަދި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގައި އެތަކެއް ހާސް މުސްލިމުންނެއް ޝަހީދު ވެފައިވާ ކަމަށެވެ. އަދި ޢިރާޤުގެ ބޮޑެތި ރަށްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަވެފައިކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

ޔަހޫދީންނާ ބައިވެރިވެ އީރާނަށް ޙަމަލާ ދިނުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަން ސާފުވުމާ އެކު އޭނާއަށް އޮތް ތާޢީދު ވަނީ ގެއްލެން ފަށާފައެވެ. 2024ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯއްދަވާފައި ވަނީ އެމެރިކާ އަލުން ފައްކާ ކުރައްވާނެ ކަމުގެ ވަޢުދާ އެކުގައެެވެ. އޭނާގެ ކެމްޕޭން ހިންގާފައި ވަނީ 'މޭކް އެމެރިކާ ގްރެއިޓް އަގެއިން' (މާގާ)، މި ޝިޢާރުގެ ދަށުންނެވެ.

އީރާނަށް ޙަމަލާ ދިނުމަށް ޓްރަމްޕް ނިންމަވައިފި ނަމަ، ގަލްފުގެ ޤައުމުތަކާ އެކު ގުޅުންތައް ހަރުދަނާ ކުރުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ މޭރުމުން ހޯއްދަވާފައިވާ ކުރިއެރުންތަކަށް ވެސް ހިޔަނި އެޅިގެންދާނެއެވެ. އަދި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އޭނާ ފަށްޓަވާފައިވާ މަސައްކަތްތަކަށް ވެސް އަސަރު ކުރާނެއެވެ. އީރާނަށް ޙަމަލާ ދީފި ނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ، އީރާނުން ވެސް ވަނީ ޓްރަމްޕަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ.

ކޮމެންޓް

871x217_placeholder