logoEN
ޚަބަރު

ކޮންޓެއިނަރ އުފުލާ އުޅަނދަކަށް އެސްޓީއޯއިން 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފި

އާމިނަތު ސަފާއާމިނަތު ސަފާ

20 ޖޫން 2025 - 06:16

އެމްޕީއެލްގެ އުތުރު މެރިޓައިމް ސަރވިސްއިން ކޮންޓެއިނަރ އުފުލާ އުޅަނދަކަށް އެސްޓީއޯ މެދުވެރިކޮށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފިއެވެ. އެމްޕީއެލްއިން ބުނީ އުތުރު މެރިޓައިމް ސަރވިސް، ޔޫއެމްއެސްގެ ދަށުން 'ވިންޑް 2' ނަމަކަށް ކިޔާ ކޮންޓެއިނަރ އުފުލާ އުޅަނދަކަށް ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ. އަދި މިއުޅަނދަށް ހިދުމަތް ދީފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ބޭނުންކުރަމުންދަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ. ބަންކަރިންގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ކޮމެންޓް

871x217_placeholder