logoEN
ކުޅިވަރު

ފްލެމިންގޯ ޔޫރަޕުގެ ހުރިހާ ތަށްޓެއް ނެގިހަމައެކަނި ޓީމު ހަމަބިމަށް ތިރިކޮށްފި

ޗެލްސީ ބަލިވުމާއެކު ގްރޫޕްގެ ފޯރި ވަނީ އިތުރަށް ގަދަވެފައި- ފޮޓޯ: އޭޕީ

ޗެލްސީ ބަލިވުމާއެކު ގްރޫޕްގެ ފޯރި ވަނީ އިތުރަށް ގަދަވެފައި- ފޮޓޯ: އޭޕީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

21 ޖޫން 2025 - 04:43

ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗެއްގައި ބްރެޒިލްގެ ފްލެމިންގޯއިން ވަނީ ޔޫރަޕުގެ ހުރިހާ ތަށްޓެއްކާމިޔާބުކުރި ހަމަ އެކަނި ޓީމު ޗެލްސީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ. ފިލަޑެލްފިއާގެ ލިންކޮން ފައިނޭންޝަލް ފީލްޑްގައި ކުޅުނު މި މެޗު ބަލަން 54،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަދެފައިވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޗެލްސީގެ ޕެޑްރޯ ނެޓޯއެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނެޓުގައެވެ. ނަމަވެސް ދެވަނަ ހާފުގައި ފްލެމިންގޯގެ ކުޅުން ރަނގަޅުވެ، ބްރޫނޯ ހެންރީކޭ 62 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ފެލްމިންގޯގެ ޑެނީލޯ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި ޗެލްސީއަށް ނުރަނގަޅު އަސަރެއް ކުރި ވަގުތަކީ 69 ވަނަ މިނެޓުގައި ޓީމުގެ ފޯވަޑް ނިކޮލަސް ޖެކްސަން ކުރި ފައުލަކާއި ގުޅިގެން ރަތް ކާޑު ލިބިގެން ދަނޑުން ބޭރުކުރެވުނު ވަގުތެވެ. ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޖެކްސަންއަށް ދަނޑުމަތީގައި ހޭދަކުރެވުނީ އެންމެ 5 މިނެޓުގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 7 މިނެޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވަލަސް ޔާން ވަނީ ފްލެމިންގޯގެ ތިންވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

މި މޮޅާއެކު ފްލެމިންގޯ ވަނީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައި، ދެވަނަ ބުރަށް ދަތުރު ކަށަވަރުކޮށްފައެވެ. އެހެންނަމަވެސް ޗެލްސީއަށް ދެވަނަ ބުރަށް ދެވޭނީ ގްރޫޕުގެ ފަހު މެޗުގައި ތޫނިސް ގެ އެސްފަރެންސް އަތުން މޮޅުވެގެންނެވެ. މިމެޗުގައި އެސްޕަރެންސް ވަނީ ރޭގައި އެމެރިކާގެ އެލްއޭ ގެލެކްސީ އަތުން 1-0 އިން މޮޅުވެފައެވެ.

ކޮމެންޓް

871x217_placeholder