އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނެރެވިއްޖެ - ފިނޭންސް


21 ޖޫން 2025 - 11:10
ދައުލަތުގެ ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދަރަނި ދެއްކުމަށް 1.9 ބިލިޔަން ރުފިޔާ އިތުރަށް ހޭދަކޮށްފައިވާ ކަމަށާއި، މިއާއެކުވެސް ދައުލަތުގެ ބަޖެޓުގެ އަރަނި ހިފެހެއްޓިފައިވާ ކަމަށްވެސް، މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.
ދައުލަތުން ޚަރަދުތައް ކުޑަކުރުމާއެކު، އަހަރު ދެބަވީއިރު ހޯދި އާމްދަނީ އާއި ހިލޭ އެހީގެ މިންވަރުވެސް ވަނީ އިތުރުވެފައެެވެ. އެގޮތުން މިހާތަނަށް 17 ބިލިޔަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިނީ 16 ބިލިޔަން ރުފިޔާއެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހިމެނޭ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، އަހަރުގެ މިހާތަނަށް 3 ބިލިޔަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަރަނި ދެއްކުމަށް ހޭދަކޮށްފައިވަނީ، 1.1 ބިލިޔަން ރުފިޔާއެވެ.
ދައުލަތުން ޚަރަދުތައް ކުޑަކުރުމާއެކު، އަހަރު ދެބަވީއިރު ހޯދި އާމްދަނީ އާއި ހިލޭ އެހީގެ މިންވަރުވެސް ވަނީ އިތުރުވެފައެެވެ. އެގޮތުން މިހާތަނަށް 17 ބިލިޔަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އިތުރު ލިޔުންތައް

ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ: އެމްއެމްއޭ
10 މަސް ކުރިން
ފިޗުން އަނެއްކާ ވެސް ރާއްޖޭގެ ރޭޓިން ދަށްކޮށްފި
10 މަސް ކުރިން
އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ
10 މަސް ކުރިން