logo
MPL

MPL

ޚަބަރު

ބައްސާމްއާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފި

އާމިނަތު ޝަފާ
22 ޖޫން 2025 - 04:59
ބައްސާމްއާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އަޑު އެހުމެއް މިއަދު މެންދުރުފަހު 1 ޖަހާއިރަށް ތާވަލުކޮށްފިއެވެ.

ބައްސާމްއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށްދާނީ، މިހާރު ޝަރީއަތް ފެށިފައިވާ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ތުހުމަތުގެ ދައުވާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި މީގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ. އަދި މި ފައިސާ އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

 

ބައްސާމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ބައްސާމްގެ ފީފާ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާއިރު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ތައްޔާރުވަމުންދާކަމަށްވެސް ހަބަރު ފެތުރިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ހާލަތާ ގުޅިގެން ބައްސާމް ވަގުތީ ގޮތުން ގޭ ބަންދަށްޚަބަރު | 3 ގަޑިއިރު ކުރިންއެފްއޭއެމްގެ ޚިޔާނާތުގެ އިސް މޭސްތިރިޔާ ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފިޚަބަރު | 5 މަސް ކުރިންބައްސާމަށް އިތުރު 23 އަހަރު ޖަލުގައި ހޭދަކުރަން ޖެހިއްޖެ ޚަބަރު | 8 މަސް ކުރިންބައްސާމްގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިޚަބަރު | 9 މަސް ކުރިން