އިރާނުގެ ޚައިބަރުޝިކަން މިސައިލް: ޔަހޫދީންނަށް ރެޔަކާލީވެސް އަމާޒަށް ވާސިލުވިފަހުން


22 ޖޫން 2025 - 09:32
ސަހުޔޫނީން އިރާނަށް ދެމުން އަންނަ ހަމަލާތަކުގެ ރައްދު ހަމަލާތަކުގައި އިރާނުން ފުރަތަމަ ފަހަރަށް އެގައުމުގެ އަމިއްލަ އުފެއްދުމެއްކަމުގައިވާ މަލްޓިވޯހެޑް ޚައިބަރުޝިކަން މިސައިލް ބޭނުންކޮށް ކާމިޔާބު ހަމަލާތަކެއް ދީފިއެވެ.
އިރާނުގެ އަސްކަރިއްޔާއިން ބުނީ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ ދަށުން ޔަހޫދީންނަށް ދިން ހަމަލާތަކުގެ 20 ވަނަ ރާޅުގައި އިރާނުގެ ވައިގެ ބާރުގެ ތިންވަނަ ޖީލުގެ މިސައިލް ކަމަށްވާ މަލްޓިވޯހެޑް ޚައިބަރުޝިކަން ބެލިސްޓިކް މިސައިލް ފުރަތަމަ ފަހަރަށް ބޭނުންކޮށްފައިވާކަމަށެވެ.
އިރާނުން ދިން ރައްދު ހަމަލާގައި އިއްޔެ އެކަނިވެސް 40 ސޮލިޑް ފިއުލް އަދި ލިކުއިޑް ފިއުލް ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވާއިރު ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް އައު އަދި ހައިރާންކުރުވަނިވި އުކުޅުތަކެއްވެސް އިރާނުގެ އަސްކަރިއްޔާއިން ވަނި ބޭނުންކޮށްފައެވެ.
ބެން ގުރިއަން އެއަރޕޯޓާއި، ޔަހޫދީންގެ ބަޔޮލޮޖިކަލް ރިސަރޗް ސެންޓަރު އަދި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކަށް މަލްޓިވޯހެޑް ޚައިބަރުޝިކަން މިސައިލުން ހަމަލާދީފައިވާއިރު ޔަހޫދީން ނިއުކުލިއަރގެ މަސައްކަތްކުރާ ބަޔޮލޮޖިކަލް ރިސަރޗް ސެންޓަރަށް ވަނީ 100 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއްދީފައެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިސްރައީލުގެ ސަރަހައްދުތަކުގައި ސައިރަންގެ އަޑުވެސް އިވެންފެށީ މަލްޓިވޯހެޑް ޚައިބަރުޝިކަން އަމާޒަށް ވާސިލުވެ ބޮޑު ގެއްލުމެއް ޔަހޫދީންނަށް ދިން ފަހުންކަމަށެވެ. މިކަމަކީ އިރާނުގެ އަސްކަރީ ގާބިލުކަން ކަށަވަރުވާކަމެއްކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އިރާނުގެ މި ހަމަލާއިން ޔަހޫދީންނަށް ސިހުން ގެނައި އިރު މިއަދު އިރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ރައްދު ހަމަލާތަކުގައި މިހާތަނަށް ފެންނަމުން ދަނީ އީރާނުގެ ސިފައިންގެ ގާބިލިއްޔަތުކަމުގެ މަދު މިންވަރެއްކަމަށެވެ. އެންމެ ވަރުގަދައަށް ހަމަލާދޭން ފަށައިފިނަމަ ޔަހޫދީންގެ ވަސް ދުނިޔެއިން ފޮހެލާނެކަމަށް އިރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
އިރާނުގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ތެލް އަވީވާއި ހައިފާ އެކީ އެކަށް ސުންނާފަތިވެފައިވާ މަންޒަރުތައް ވަނީ އާއްމުވެފައެވެ. އެކަމަކު ޔަހޫދީންނަށް ވަމުންދާ ގެއްލުންތަކުގެ ހަބަރު ގެނެސްދިނުމަށް ހުރަސްއަޅަމުންދާތީ އެންމެ ފުރިހަމަ މައުލޫމާތު އަދިވެސް ވަނީ ލިބޭގޮތް ނުވެފައެވެ.
އިތުރު ލިޔުންތައް

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދިނުމަށް އިސްރާއިލުން ގޮވާލައިފި
9 މަސް ކުރިން
އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
8 މަސް ކުރިން
އިސްރާއީލުން އީރާނަށް ވައިގެހަމަލާދިނުން ހުއްޓާލައިފި
8 މަސް ކުރިން