އިރާނަށް ފޮނުވި މިސައިލް އަމާޒުވީ ޔަހޫދީނަށް، އިރާނުން ތެލް އަވީވްއަށް ބޮޑެތި ގެއްލުންތަކެއް ދީފި


22 ޖޫން 2025 - 10:01
ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމުން ސަހުޔޫނީ ޔަހޫދީންގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން އުޅޭ ތެލް އަވީވްއަށް އިރާނުން ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
މި ހަމަލާތަކުގެ ތެރެއިން މިއަދު ހައިފާއަށް އަމާޒުވެ ބޮޑު ގެއްލުންތަކެއްް ލިބުނު މިސައިލަކީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަމާޒުން ނެއްޓިގެން ދިޔަ ޔަހޫދީންގެ މިސައިލެއްކަމަށް ޔަހޫދީ މީޑިއާތަކުންވަނީ ބުނެފައެވެ. ޔަހޫދީން އިރާނަށް ފޮނުވާލި މި މިސައިލް ޔަހޫދީންނަށް އަމާޒުވުމުންވެސް ގިނަ ގެއްލުންތަކެއްވަނީ ލިބިފައެވެ.
އީރާނުން އެންމެ ފަހުން ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ ތެލް އަވީވާއި ގުދުސްގެ އިތުރުން ހައިފާއަށެވެ. ޔަހޫދީންގެ މީޑިއާތަކުން އެމީހުންނަށް ލިބޭ ގެއްލުންތައް ސިއްރުކުރުމަށް ކިތަންމެ މަސައްކަތެއް ކުރަމުން އައިނަމަވެސް އީރާނުގެ މިސައިލް ހަމަލާތަކުގައި ޔަހޫދީންގެ ރަށްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ވަނީ އާންމުވެފައެވެ. އަދި ހާއްސަކޮށް ތެލްއަވީވްގެ ބޮޑެތި ސަރަހައްދުތައް ވަނީ އެކީއެކަށް ސުންނާފަތިވެފައެވެ.
އިރާނުގެ ރައްދު ހަމަލާތަކުގައި ޔަހުދީންގެ 86 އަކަށްވުރެ ގިނަ މީހުން ޒަހަމްވެގެން ފަރުވާދޭކަމަށް އިސްރާއީލުގެ މީޑިއާތަކުންވެސް ދަނީ ރިޕޯޓުކުރަމުންނެވެ.
އީރާނުގެ އަސްކަރީ ފައުޖުން މިއަދުގެ ހަމަލާތަކުގައިވެސް އެންމެ ބާރުގަދަ އަދި ޒަމާނީ ޚައިބަރު ޝީކަން މަރުކައިގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވެއެވެ.
މި ހަމަލާތަކާއެކު ރުޅިގަދަވެ ޓްރަމްޕްގެ ސަރުކާރުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ އިރާނަށް ހަމަލާއެއް ދީފާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އިތުރު ލިޔުންތައް

އިސްރާއީލުގެހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ނިޔާވެއްޖެ
20 ދުވަސް ކުރިން
އިރާނުގެ ޙަމަލާތަކާއި ގުޅިގެން އިސްރާޢީލަށް ބޮޑެތި ގެއްލުންތަކެއް، ސިއްރުކުރަން އިންޓަނެޓް ކަނޑާލައިފި
19 ދުވަސް ކުރިން
ދުނިޔެ ސިއްސުވާލައިފި، އީރާން ދެނެއް ނުހުއްޓުވޭނެ
19 ދުވަސް ކުރިން