logoEN
ދުނިޔެ

ދީނާއި އުއްމަތުގެ ހައްގުގައި ދޭ ހަމަލާތަކުގެ އިމެއް މިނެއް ނޯންނާނެ: އިރާނުގެ ރައީސް

އާމިނަތު ސަފާއާމިނަތު ސަފާ

22 ޖޫން 2025 - 10:24

އިސްލާމްދީނާއި މުސްލިމް އުއްމަތުގެ ދިފާއުގައި އިރާނުން ދޭ ރައްދު ހަމަލާތަކުގެ އިމެއް މިނެއް ނޯންނާނެކަމަށް އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

ޔަހޫދީންނާއި އެމެރިކާއިން ދެމުންދާ ހަމަލާތަކާ ގުޅިގެން މިސްރުގެ ރައީސްއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މަސްއޫދުވަނީ މިސްރާއި އަރަބި އިސްލާމީ ގައުމުތަކާއި އަދި ޖުމްލަކޮށް މުޅި އިސްލާމީ އުއްމަތް އެއްބައިވުމަށް ވަސިއްޔަތްކޮށްފައެވެ.

ރައީސް މަސްއޫދުވަނީ އިރާނާއި މުސްލިމު ގައުމުތައް ޖެއްސުމަށް ޔަހޫދީން މަސައްކަތް ކުރަމުން އަންނާތީ ޔަހުދީންނާ އެއްބައިނުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ. ދީނާއި އުއްމަތުގެ ހައްގުގައި އިރާނުން ދެމުންދާ ރައްދު ހަމަލާތަކުގައި އިމެއް މިނެއް ނޯންނާނެކަމަށް ރައީސް މަސްއޫދުވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

"މި ހަމަލާތައް ފެށީ އަޅުގަނޑުމެންނެއް ނޫން. އެކަމަކު އިސްރާއީލާއި އެމެރިކާއިން ދިގު ދަންމަން ބޭނުންނަމަ އެންމެ ތަންފުކެއްވެސް ދޫނުދޭނަން. ހަމަލާތައް ދިނީ ވެސް އެމެރިކާއާ އެކު ސުލްހައިގެ ވާހަކަތަކަށް ވަގުތު ކުޑަތަންވެފައިވަނިކޮށް".

ރައީސް މަސްއޫދު މީގެ ކުރިންވެސް ވަނީ ޔަހޫދީންގެ އިންޒާރުތަކަަށް ނުގުޑާނެކަމަށް ވިދާޅުވެފައެވެ.

މުސްލިމު އުއްމަތް ބައިބައިކުރަން އެމެރިކާއާއި ޔަހުދީން މަސައްކަތްކުރަމުން އަންނައިރު އިރާންވެފައިވަނީ މެދުއިރުމަތިން އެމެރިކާއާއި އިސްރާއީލުން ސުންނާފަތިކުރަން ހިފާފައިވާ 5 ވަނަ ގައުމަށެވެ. އެމެރިކާއާއި އިސްރާއީލުން ބޭނުންވަނީ އިރާގަށް ހެދިގޮތް އިރާނަށް ވެސް ހަދާށެވެ.

އެމެރިކާއިން ދިން ހަމަލާއާއެކު ޓްރަމްޕަށް ފާޑުކިޔުން އަމާޒުވީނަމަވެސް އަދިވެސް ގޮތް ދޫކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

ކޮމެންޓް

871x217_placeholder