logo
Bank of Maldives

Bank of Maldives

World

މެދުއިރުމަތީގެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ލެއިން ފެވުމަށް އެއްވެސް ފުރުޞަތެއް ނުދޭނަން - އުރުދުޣާން

އަޙްމަދު ޒަލީފް
22 ޖޫން 2025 - 14:26
މެދުއިރުމަތީގެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ލެއިން ފެވުމަށް  އެއްވެސް ފުރުޞަތެއް ނުދޭނަން - އުރުދުޣާން

މެދުއިރުމަތީގެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ލެއިން ފެވުމަށް ތުރުކީވިލާތުން ފުރުޞަތު ނުދެއްވާނެ ކަމަށް އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އޯގަނައިސޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީގެ ބައްދަލުވުމެއްގައި ޢަރަބް ލީގުގެ ޚަރިޖީވެރިންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އީރާނުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެ ޤައުމުން އެމެރިކާއާއެކު އައު މަޝްވަރާތައް ފަށަން ތައްޔާތުވެފައި ވަނިކޮށް ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމަކީ މަޝްވަރާތަކަށް ހުރަސްއެޅުމުގެ ޢަމަލެއް ކަމަށެެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ނަތަންޔާހޫގެ މަޤްޞަދަކީ ޒަޔަނިސްޓު މަޤުސަދެއްގެ ގޮތުގައި ސިފަ ކުރައްވައި އުރުދުޣާން އިތުރަށް ވިދާޅުވީ ނަތަންޔާހޫގެ ބޭނުމަކީ މެދުއިރުމަތީގެ ސަރަޙައްދާއި މުޅި ދުނިޔެ ވެސް ޙަލާކާއި މުސީބާތުގެ ތެރެއަށް ގެންދިޔުން ކަމަށެވެ.

 އުރުދުޣާން ވަނީ ޔަހޫދީ ދައުލަތުގެ މައްޗަށް އެެއްވެސް މިންވަރެއްގެ ނުފޫޒެއް އޮންނަ ޤައުމެއް ނަމަ ޔަހޫދީންގެ ‘ވިހަ’ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް ގޮވާލައްވައިފައެވެ. އަދި އީރާނަށް ދެމުންދާ ޙަމަލާތަކުގެ މައްސަލައިގައި މަޝްވަރާގެ މަގުން ޙައްލު ހޯދުމަށާއި، މައްސަލަ އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދިނުމަށް އޭނާ ވަނީ އިލްތިމާޞް ކުރައްވައިފައެވެ.

ޔަހޫދީންގެ ފޭރުމާއި ނުބައި އަމަލުތައް ހުއްޓުވުމަށް ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމަކީ ކޮންމެހެން މުހިންމުކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން އުރުދުޣާން ވިދާޅުވީ ފަލަސްޠީނުގެ އިތުރުން ސޫރިޔާއާއި ލުބުނާނާއި އީރާނަށް ޔަހޫދީން ދެމުންދާ ގެއްލުންތައް ހުއްޓުވަން ޖެހޭ ކަމަށެެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަދަ ހޫނުގެ ސަބަބުން ތުުރުކީ ވިލާތް އަނދަނީ ދުނިޔެ | 3 މަސް ކުރިންއީރާންގެ ނިއުކްލިއަރ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި World | 3 މަސް ކުރިން އީރާނަށް ކުޑަ ދުވަސްކޮޅެއްތެރޭ ޔުރޭނިއަމް އަލުން ފައްކާކުރުން ފެށުމުގެ ގާބިލުކަން ވަނީ ލިބިފައިދުނިޔެ | 4 މަސް ކުރިންހަނގުރާމަ މެދުކަނޑާލުމާއެކު ތެލުގެ އަގު ދަށަށް World | 4 މަސް ކުރިން