logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިމަމް ވޭޖް މުރާޖައާ ކުރަން ހަދާ ސާވޭ މި އަހަރުގެ ޑިސެމްބަރަށް ނިމޭނެ: ވަޒީރު

މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެންމެ ކުޑަ އުޖޫރަ މުރާޖައާކުރަން ހަދާ ދިރާސާ މި އަހަރުގެ ޑިސެމްބަރަށް ނިމޭނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ އެންމެ ކުޑަ އުޖޫރަ މުރާޖައާ ކުރުމާ ގުޅޭ ގޮތުން ވަޒީރާ ސުވާލުކުރުމަށް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށަހަޅުއްވި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް މިއަދުގެ މަޖިލީހަށް ވަޑައިގެން ހުންނަވައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ މުރާޖައާކުރުމުގެ މަސައްކަތް ނިންމޭނެ ތާރީޚާ ގުޅޭ ގޮތުން ވަޒީރުގެ އަރިހުން ސުވާލު ދެންނެވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ މުރާޖައާ ކުރުމުގެ މަސައްކަތް ލަސްވަނީ، މިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރުގެ ފަހުން އެ މަސައްކަތްކޮށްފައިނުވާތީ ކަމަށެވެ. އެގޮތުން ވަޒީރު ވިދާޅުވީ، އެންމެ ކުޑަ އުޖޫރު މުރާޖައާ ކުރުމުގެ މަސައްކަތް އެންމެ ފަހުން ކޮށްފައިވަނީ 8 ނޮވެމްބަރު 2021 ގައި ކަމަށްވާއިރު، ވަޒީފާއާ ބެހޭ ޤާނޫނު ބުނާ ދެ އަހަރުގެ މުއްދަތް ހަމަވީ 8 ނޮވެމްބަރު 2023 އަށެވެ.

GuGeHgZXAAAs4BV.jpg

މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެހެން ނަމަވެސް، 17 ނޮވެމްބަރު 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވީ އިރު ވެސް، އެންމެ ކުޑަ އުޖޫރަ މުރާޖައާ ކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ކޮށްފައިނުވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިދިޔަ ސަރުކާރުން މިނިމަމް ވޭޖް ރިވިއުކުރުމުގެ މަސައްކަތްކޮށްފައި ނުވާތީ، މި މިނިސްޓްރީއާ މެންޑޭޓް ހަވާލުވި ހިސާބުން މިނިމަމް ވޭޖް ބޯޑު އެކުލަވާލުމުގެ މަސައްކަތް އަލުން ފަށައި 3 ޖުލައި 2024ގައި އާ ބޯޑު ގާއިމް ކުރެވުނު، - މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު

ވަޒީރު ވިދާޅުވީ، އެ ބޯޑުގެ ފުރަތަމަ ބައްދަލުވުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި، ކުރީ ސަރުކާރުގައި އުފެއްދި ބޯޑުގެ މުހިންމު ލިޔެކިޔުންތަކާއި ދިރާސާ ކަރުދާސްތައް ހޯދުމުގެ މަސައްކަތް އައު ބޯޑުން ކުރިއެވެ. އެ ކަމަށް ވަގުތުތަކެއް ހޭދަވިކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ އޭރު މިނިމަމް ވޭޖްގެ މަސައްކަތުގައި އުޅުނު ގިނަ ޓެކްނިކަލް މުވައްޒަފުން އެކިއެކި ސަބަބުތަކަށްޓަކައި އެ މަސައްކަތާ ދުރަށް ޖެހުމުގެ ސަބަބުން، އެ މަސައްކަތަކަށް ބޭނުންވާ ޓެކްނިކަލް ތަޖުރިބާ އާއި އެހީތެރިކަން ލިބުމުގައި ދަތިތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ.

އޭރު މިނިމަމް ވޭޖު މަސައްކަތުގައި އުޅުނު ޓެކްނިކަލް މީހުން ވަނީ އެކިއެކި މަސައްކަތާ އެކު އުޅޭތީ މި މަސައްކަތާ ދުރަށް ގޮސްފައި. އެހެންވެ މި މަސައްކަތަށް ބޭނުންވާ ޓެކްނިކަލް އެހީ ހޯދުުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ، - މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު

އެހެންކަމުން އެ ދަތިކަން ހައްލު ކުރުމަށްޓަކައި އާ ބޯޑަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ ފަންނީ އެހީތެރިކަން ހޯދުމަށް މިދިޔަ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައި އެ ޖަމިއްޔާއާ އެކު ބައްދަލުވުންތަކެއް ބާއްވައި ދެ ފަރާތުން އެއްބަސްވި ގޮތަށް ޕްރޮޕޯސަލްތަކެއް މިނިސްޓްރީން ތައްޔާރުކޮށް ހުށަހަޅާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

undefined

ރައްޔިތުންގެ މަޖިލީހުގެ ތަޅުން -- ފޮޓޯ: މަޖިލިސް

އަދި އެ ޕްރޮޕޯޒަލްތަކާ ގުޅިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހު، އެ އޯގަނައިޒޭޝަނުން ޓެކްނިކަލް ނޯޓެއް އެ ވުޒާރާއަށް ފޮނުވާފައިވާކަމަށާއި، އޭގައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން މިނިމަމް ވޭޖްގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ވަޒީރު ވިދާޅުވި ގޮތުގައި އައިއެލްއޯގެ ހުށަހެޅުމާ އެއްގޮތަށް މިހާރު ދަނީ ފުރަތަމަ ފިޔަވަހީގައި ނަގަން ޖެހޭ ޕްރައިމަރީ އަދި ސެކަންޑަރީ ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފުރަތަމަ ފިޔަވަހި ނިންމައި އަދި ޤައުމީ ސްޓެޓިސްޓިކް ބިއުރޯއިން ހަދާ ލޭބާ ސާވޭ ހަދާ ނިމުމުން ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެ މުޅި މަސައްކަތްތައް މި އަހަރުގެ ޑިސެމްބަރަށް ނިންމޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭންޖެހޭ ވަކި ވަރެއް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް އޮންނައިރު އެ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަންޖެހެ އެވެ.

އެގޮތުން މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖަކީ ކުދި ވިޔަފާރިތަކަށް، މަހަކު 4،500ރ. އާއި މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7،000ރ. އާއި ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8،000ރ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަހަކު 7،000ރ. އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފުލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބަލައެއް ނުގަތްޚަބަރު | 18 ގަޑިއިރު ކުރިންކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތް ހަދަނީޚަބަރު | 18 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިން