ބާސެލޯނާއިން ރޫނީގެ ސޮއި ހޯދުމާއި ގާތަށް

ރޫނީ ބާރދްގީ އަކީ މިހާރު ޔޫރަޕުގައި ކުރިއަރަމުން އަންނަ އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. ފޮޓޯ: ބްލަގްރާނާ

23 ޖޫން 2025 - 08:51
ބާސެލޯނާއިން ކޯޕެންހާގެންގެ ވިންގަރ ރޫނީ ބަރދްގީ ގެ ސޮއި ހޯދުމުގެ އެންމެހައި ކަންކަން ނިމިފައިވާކމަށް ޓްރާންސްފަރ މާކެޓް ރިޕޯރޓްކުރާ ފަރާޓްތަކުން ހާމަކޮށްފިއެވެ. މިކަން މަޝްހޫރު ޓްރާންސްފަރ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހާމަކޮށްފިއެވެ.
ރޮމާނޯ ބުނި ގޮތުގައި މި ޓްރާންސްފަރުގެ އެންމެ ފަހު މަރުހަލާގައި އުޅެނީ އަދި ކުދިކުދި މަދު ކަންތައްތަކެއް ނިންމުމަށެވެ. އަދި އެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ނިމޭނެ ކަމަށް ބެލެވެއެވެ.
"ބާސެލޯނާއިން ކޯޕެންހާގެންގެ ރޫނީ ބަރދްގްޖީ ގެނައުމުގެ މަސައްކަތް ކުރިއަށް ދަނީ އަދި ނިމުމަކާ ވަރަށް ގާތްވެއްޖެ. އެއްބަސްވުން އެންމެ ފަހު މަރުހަލާގައި އޮތީ، އަދި ބާކީ ހުރި ކުދިކުދި ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ނިމޭނެ ކަމަށް ބެލެވޭ،" ރޮމާނޯ އެކްސް ގައި ލިޔުއްވިއެވެ.
18 އަހަރުގެ ސްވީޑިޝް ކުޅުންތެރިޔާ ބާސެލޯނާއާ ގުޅޭނީ މި އަހަރުގެ ޖުލައި މަހުގައި ކަމަށް ބެލެވެއެވެ. އަދި ބާސެލޯނާއިން އޭނާއަކީ ކުލަބުގެ މުސްތަގުބަލަށް ވަރަށް މުހިންމު އިތުރުކުރުމެއް ކަމުގައި ދެކެއެވެ.
ރޫނީ ބަރދްގްޖީއަކީ ކޯޕެންހާގެންގެ އެކެޑަމީން ކުރިއަރައި އައިސް، މިހާރު ކުލަބުގެ މައި ޓީމުގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކުރަމުންދާ ޒުވާން ކުޅުންތެރިއެކެވެ. އޭނާގެ ހުނަރުވެރި ކުޅުމާއި ސްޕީޑަށް ޔޫރަޕުގެ ގިނަ ބޮޑެތި ކުލަބުތަކުގެ ސަމާލުކަން ލިބިފައިވެއެވެ.
އިތުރު ލިޔުންތައް

ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
8 މަސް ކުރިން
ފޯމުގައި އޮތް ބާސެލޯނާ ކުރިމަތިލާނީ މި ސީޒަންގެ މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަށް.
8 މަސް ކުރިން
މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
8 މަސް ކުރިން