logoEN
ޚަބަރު

ޑިޖިޓަލް ސިސްޓަމްގެ ތެރެއިން ފުލުހުންގެ ޚިދުމަތްތައް ގުޅާލަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

23 ޖޫން 2025 - 11:31

ގިނަ ފުލުހުން ޤާއިމުގެ ޚިދުމަތް ދިނުމަށް ދަތިވާ ތަންތަނުގައި ޑިޖިޓަލް ސިސްޓަމްގެ ތެރެއިން ފުލުހުންގެ ޚިދުމަތްތައް ގުޅާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ޕޮލިސް ސްޓޭޝަންތަކުގެ ބޭނުމަކަށްވަނީ، ފުލުހުންގެ އެހީތެރިކަން ބޭނުންވާ ކަންކަމުގައި ރައްޔިތުންނާ ގާތުން އެ ޚިދުމަތް ދެވުން ކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މިއީ ފުލުހުންނަށް ހުށައަޅާ މައްސަލަތައް ތަހުޤީގުކުރުމުގައިވެސް އަވަސްވާނެ ކަމެއްކަމަށެވެ.

ވަޒީރު އަލީ އިޙްސާން ވިދާޅުވީ ދާޚިލީ ސަލާމަތުގެ ދާއިރާގައި ފުލުހުންގެ ޚިދުމަތަކީ ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދޭކަމަށެވެ. އެގޮތުން ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނެތް ތަންތަނުގައި ޚިދުމަތް ޤާއިމުކުރުމާއި، އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތްތައް ހަލުއިދުވެލީގައި ކުރިއަށްދާކަމަށާއި، ސަރުކާރުގެ ޢަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތަހުގީގު ކެޕޭސިޓީ އިތުރުކޮށް ތަހުގީގުތައް އަސްކުރުން އެންމެ ބޮޑު އިސްކަމަކީ. ފުނިޖެހިފައި ހުރި މައްސަލަތައް އެބަހުރި ތަހުގީގީ މަރުހަލާގައި. ތަހުގީގު ކެޕޭސިޓީ އަދި ފެންވަރު ރަނގަޅުވެގެން މަސައްކަތްތައް އަވަސްވާނީ" ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder