logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލުތަކުގެ ބަޖެޓުން ބާކީވާ ފައިސާގައި އަތް ނުލެވުމަކީ ޤާނޫނުގައި އޮތް އުނިކަމެއް - ނާޒިމް

އަޙްމަދު ޒަލީފް
23 ޖޫން 2025 - 12:08
ކައުންސިލުތަކުގެ ބަޖެޓުން ބާކީވާ ފައިސާގައި އަތް ނުލެވުމަކީ ޤާނޫނުގައި އޮތް އުނިކަމެއް - ނާޒިމް

ކައުންސިލުތަކުގެ ބަޖެޓުން ބާކީވާ ފައިސާގައި އަތް ނުލެވުމަކީ ލާމަރުކަޒީ ޤާނޫނުގައި އޮތް އުނިކަމެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އެކައުންޓުތަކުގައި ބޭނުން ނުކުރެވޭ ދެ ބިލިޔަނަށްވުރެ ގިނަ ރުފިޔާ އެބަހުރިކަން ފާހަގަކޮށް ނާޒިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އިސްލާހުކުރުމަށް ދިރާސާކުރުމުގެ ތެރެއިން މަޢުލޫމާތު ހޯއްދެވިއިރު މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކައުންސިލްތަކުގެ އެކައުންޓުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް 1.38 ބިލިޔަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ ސިޓީން އެނގޭގޮތުގައި މިދިޔަ އަހަރު ނިމުނުއިރު އެކައުންޓުތަކުގައި 2.148 ބިލިޔަން ރުފިޔާ އެބަހުރި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ބޭނުން ނުކުރެވޭ ގޮތަށް ކައުންސިލްތަކުގެ އެކައުންޓުގައި ބޮޑެތި އަދަދުތަކުން ފައިސާ ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާވެސް ވަނީ ވިދާޅުވެފައެވެ.

ކައުންސިލްތަކުގެ އެކައުންޓުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ހުންނަ ފައިސާގެ އަދަދު ކޮންމެ އަހަރަކު 200 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް މާލީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސް ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރެއްވުން އާދީއްތަ ދުވަހު! ޚަބަރު | 3 ގަޑިއިރު ކުރިންވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިންނާޒިމް ހަނދާން ކޮށްދެއްވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚާއްސަ މަޖިލީހުގައި ވެސް އޮތް ވިސްނުމެއްކަންޚަބަރު | 2 މަސް ކުރިންރީ-ރެޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވަނީޚަބަރު | 3 މަސް ކުރިން