logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ކުޅިވަރު

އުރީދޫ ނޭޝަންގެ "އެޓޯލް އީ-ސްޕޯޓްސް ލީގު 2025" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

އަބްދުﷲ ޣާނިމް
23 ޖޫން 2025 - 13:19
އޫރީދޫއިން މީީގެކުރިން ބޭއްވި މުބާރާތެއްގެ ތެރެއިން- ފޮޓޯ: ވަން އޮންލައިން
އޫރީދޫއިން މީީގެކުރިން ބޭއްވި މުބާރާތެއްގެ ތެރެއިން- ފޮޓޯ: ވަން އޮންލައިން

ރާއްޖޭގައި މުޅިން އަލަށް ބާއްވާ އުރީދޫ ނޭޝަންގެ "އެޓޯލް އީ-ސްޕޯޓްސް ލީގު 2025" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރަށްރަށުގެ ޓީމުތައް ބައިވެރިވެގެން ކުރިއަށްގެންދާ ޕަބްޖީ މުބާރާތެކެވެ.

އުރީދޫން ބުނެފައިވާ ގޮތުގައި، މި މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޖޫން 16 ވަނަ ދުވަހު ހުޅުވާލާފައިވާ ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

original_1750682179195 (1).jpeg

އޫރީދޫއިން މުބާރާތާއި ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓްއެއް

މުބާރާތުގެ މަރުހަލާތައް

މި މުބާރާތަކީ މުޅިން އޮންލައިންކޮށް ކުރިއަށްގެންދާ މުބާރާތެއް ކަމަށާއި، ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށް އުރީދޫން މަޢުލޫމާތު ދީފައިވެއެވެ. މި މަރުހަލާތަކުގެ ތެރޭގައި އައިލެންޑް ކޮލިފައިންގ، ކުއާޓަރ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް ހިމެނެއެވެ.

އިނާމުގެ ތަފްޞީލް

މުބާރާތުގައި ޖުމްލަ 50،000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ ތެރެއިން ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ، ރަނަރަޕް ޓީމަށް 12،000 ރުފިޔާ، ތިންވަނަ ޓީމަށް 6،000 ރުފިޔާ އަދި ހަތަރުވަނަ ޓީމަށް 3،000 ރުފިޔާ ލިބޭނެއެވެ. އަދި މުބާރާތުގެ އެމްވީޕީއަށް 4،000 ރުފިޔާ ލިބޭނެއެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި މަދުވެގެން ހަ ކުޅުންތެރިން ތިބެންޖެހޭނެ ކަމަށާއި، ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުގެ ދެ ކުޅުންތެރިން ހިމެނިދާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. އެއް ރަށަކުން ގިނަ ޓީމުތަކެއް ބައިވެރިވާނަމަ، ޓީމު ނަންތަކުގައި ރަށުގެ ނަން ހިމަނަންޖެހޭނެއެވެ.

އުރީދޫން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިންގ ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު މުހިންމު ބޮޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް މާދަމާ އިސްރަށްވެހިންގެ ހަވީރެއް ބާއްވަނީޚަބަރު | މަހެއް ކުރިންއުރީދޫ ނޭޝަންގެ "އެޓޯލް އީ-ސްޕޯޓްސް ލީގު 2025" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިކުޅިވަރު | 4 މަސް ކުރިންރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ފަށައިފިޚަބަރު | 8 މަސް ކުރިންހިއްސާއަކަށް 3.43 ރުފިޔާ ދޭން ހުށަހަޅުމަށް އުރީދޫގެ ބޯޑުން ފާސްކޮށްފިވިޔަފާރި | 9 މަސް ކުރިން