ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ މައްސަލަތައް މަޖިލީހުން ބަލަނީ


23 ޖޫން 2025 - 14:19
ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި ސްކޭމްގެ އެހެން މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން ބަލަން ނިންމައިފިއެވެ.
މިފަދަ މައްސަލަތައް ކޮމިޓީން ބަލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިރުހާނެވެ. މެމްބަރު ހުށަހެޅުއްވީ ކަމާ ގުޅޭ އިދާރާތައް ކޮމިޓީއަށް ހާޒުރުކޮށްގެން އެ މައްސަލަތައް ބެލުމަށެވެ.
މެމްބަރު ޝިރުހާން ހުށަހެޅުއްވި މައްސަލައަށް ތާއީދުކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފު ވިދާޅުވީ ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ މައްސަލަ އެކަނި ނުބަލައި، ސޯޝަލް މީޑިއާގައި އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްގެ ހުރިހާ މައްސަލަތަކެއް ވެސް ބަލަން ޖެހޭ ކަމަށެވެ.
ކޮމިޓީން ނިންމީ މިފަދަ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކާ ކޮމެޓީން ބައްދަލުކުރުމަށެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
އަހަރެއް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
އަހަރެއް ކުރިން
ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ
އަހަރެއް ކުރިން