އިރާނުގެ ރައްޔިތުން ބޭނުންވަނީ ފަލަސްތީނުގެ ހައްގުގައި ބަދަލު ހިފުމަށް، 2 އަހަަރަށް މިތިބީ ތައްޔާރުވެގެން


23 ޖޫން 2025 - 15:50
އިރާނުގެ ރައްޔިތުން ބޭނުންވަނީ ފަލަސްތީނުގެ ހައްގުގައި އިސްރާއީލާއި އެމެރިކާގެ ކިބައިން ބަދަލުހިފުމަށްކަމަށާއި ހަނގުރާމަ 2 އަހަރަށް ދިގު ދެމިގެން ހިނގައިދާނެ ކަމަށް ލަފާކޮށް އިރާނު ސަރުކާރުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އިރާނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އޮފިޝަލް ވިދާޅުވީ އިރާނުން ބޭނުންވަނީ ހަނގުރާމައިގެ ހަރަދުވެސް ސީދާ ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާއިން ކުރަންކަމަށެވެ.
އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ހަމަލާދިނުމާއެކު އިރާނުން ބަދަލުހިފުމަަށް ގިނަ ގައުމުތަކަކުން ގޮވާލަމުންދާ މި ދަނޑިވަޅުގައި އިރާނު ސަރުކާރުގެ އޮފިޝަލް ވިދާޅުވީ އިރާނުން އިސްވެ އޮވެ ޔަހޫދީންނާ ދެކޮޅަށް ހަމަލާތައް ދިނުމަކީ އިރާނު ރައްޔިތުން ނުހަނު އެދިތިބިކަމެއްކަން ހުކުރު ދުވަހުގެ އެއްވުމުން ހާމަވެފައިވާކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު އިރާނުގެ ރައްޔިތުންވަނީ މަގުތަކަށް ނިކުމެ ރައްޔިތުން އިރާނު ސަރުކާރާ އެކު ތިބިކަން ހާމަކޮށް ޔަހޫދީން ހިތުން ނުފިލާވަރުގެ ހަމަލާތަކެއް ދިނުމަށް އިރާނުގެ އަސްކަރިއްޔާއާއި އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަށް ގޮވާލާފައެވެ. އިރާނުގެ ރައްޔިތުން ބުނީ ކޮންމެ ހާލަތެއްގައިވެސް ތިބޭނީ ރޫހާނީ ލީޑަރު ހާމަނާއީ އާއި އިރާނު ސަރުކާރާއި މުސްލިމުންގެ ދިފާއުގައިކަމަށެވެ.
އޮފިޝަލް ވިދާޅުވި އިސްރާއީލަށް ހަމަލާދިނުމަށް ގޮވާލައި އިރާނުގެ ރައްޔިތުންގެ ފަރާތުން ގޮވާލާ ގޮވާލުންތަކަކީ ތާރީޚުގައި މިހާތަނަށް ދެކެފައިނުވާވަރުގެ ގޮވާލުންތަކެއްކަމަށެވެ.
"ރައްޔިތުން އެދޭ އެއްބާރުލުމަކީ ހަނގުރާމައިގެ ރޭވުންތައް ވަރުގަދަކޮށް ހަމަލާތައް އިތުރުކޮށް ބާރުގަދަކުރަން ލިބޭ އިތުރު ހިތްވަރެއް".
އަދި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލާ ގޮވާލުމަކީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އީރާނުން ޖަހާ މަޅިއެއްކަމަށާއި މިހަނގުރާމަ ދެ އަހަރަށް ދެމިގެން ހިނގައިދާނެ ކަމަށް އަންދާޒާކޮށް އެކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދިނުމަށް އިސްރާއިލުން ގޮވާލައިފި
9 މަސް ކުރިން
އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
8 މަސް ކުރިން
އިސްރާއީލުން އީރާނަށް ވައިގެހަމަލާދިނުން ހުއްޓާލައިފި
8 މަސް ކުރިން