logo
Bank of Maldives

Bank of Maldives

World

އެންމެ ފަހު ވަގުތުވެސް އީރާނުން ދިނީ ވަރުގަދަ ޙަމަލާތަކެއް

އަޙްމަދު ޒަލީފް
24 ޖޫން 2025 - 06:09
އެންމެ ފަހު ވަގުތުވެސް އީރާނުން ދިނީ ވަރުގަދަ ޙަމަލާތަކެއް

އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އީރާނުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއްދީ، ޔަހޫދީންގެ 11 މީހުން މަރައިލައިފިއެވެ.

ދެގައުމުގެ ދެމެދުގައި ހަމަލާތައް ހުއްޓާލިކަން އެމެރިކާ އިން އިއުލާން ކުރި ފަހުން ވެސް އީރާނުން ވަނީ ހަތަރު ފަހަރެއްގެ މަތިން އިސްރާއީލަށް ހަމަލާދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޫން 13 ވަނަ ދުވަހުން ފެށިގެން އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. އީރާނުން ވަނީ ރައްދުގައި ޒަޔަނިސްޓު އިސްރާއީލަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދޭން ފަށާފައެވެ.

ޔަހޫދީންނާ ބައިވެރިވެ، ޖޫން 22 ވަނަ ދުވަހު އެމެރިކާއިން ވެސް ވަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އަދި، އޭގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ އޭގެ ފަހުންނެވެ.

އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަން ހާމަކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ އެ އެއްބަސްވުމަށް އިޙުތިރާމު ކުރުމަށް ދެ ފަރާތަށް ވެސް ގޮވައިލައްވާފައެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުމުގައި އެހީތެރިކަން ހޯދުމަށް ދެ ފަރާތުން ވެސް އެދިފައި ވަނީ ދާދި އެއް ވަގުތެއްގައި ކަމުގައި އޭނާ ވިދާޅުވިއެވެ. "އީރާނާއި އިސްރާއީލުން އަޅުގަނޑަށް ގާތަށް އައީ އެއް ވަގުތެއްގައި. ސުލްޙަ! އެ ކަމަށް އޮތް ވަގުތީ މިއީ ކަން އަޅުގަނޑަށް އެނގުނު،" އޭނާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން އީރާނަށް ޙަމަލާ ދޭން ފަށައިފިދުނިޔެ | 4 ގަޑިއިރު ކުރިންއަހަރެމެން މި ތިބީ ތަޙުޤީޤުން ހާމަވާ ކަމެއްގެ އިންތިޒާރުގައި - އީރާންWorld | 8 މަސް ކުރިންއީރާންގައި ބޭއްވި ޖަނާޒާއިންވެސް ދައްކުވައިދިނީ އެއްބައެއްކަން World | 8 މަސް ކުރިންއީރާނުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރައްޔިތުން ނިކުތީ މަގުތަކަށް ޚަބަރު | 8 މަސް ކުރިން