logo
Bank of Maldives

Bank of Maldives

World

އަހަރެމެން މި ތިބީ ތަޙުޤީޤުން ހާމަވާ ކަމެއްގެ އިންތިޒާރުގައި - އީރާން

އަޙްމަދު ޒަލީފް
29 ޖޫން 2025 - 06:45
އަހަރެމެން މި ތިބީ ތަޙުޤީޤުން ހާމަވާ ކަމެއްގެ އިންތިޒާރުގައި - އީރާން

އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުން ޝަހީދުކޮށްލުމަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ ގިނަ އަދަދެއްގެ ޑްރޯނާއި އެހެނިހެން ހަތިޔާރު އެ ޤައުމަށް އެތެރެކޮށްފައި ވަނީ އަޒަރްބައިޖާން މަގުން ކަން ހާމަވެއްޖެއެވެ.

އެ ކަމުގެ ފުރިހަމަ ތަޙުޤީޤެއް ހަދައިދިނުމަށް އީރާންގެ ރައީސް މަޞްޢޫދު ޕީޒިޝްކިޔާން އަޒަރްބައިޖާންގެ ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. “އަޅުގަނޑުމެން މި ތިބީ އެ ތަޙުޤީޤުން ހާމަވާ ކަމެއްގެ އިންތިޒާރުގައި. އެ ކަމާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އެއަށް ފަހު،” އީރާނުން އަރްމީނިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަހްދީ ވިދާޅުވިއެވެ

Ad by Hajj Corporation

Ad by Hajj Corporation

ވަނީ ޢިރާޤުގެ އުތުރާއި ކެސްޕިޔަން ކަނޑުގެ ސަރަޙައްދުންނެވެ. ޔަހޫދީންގެ އުޅަނދުތަކުން ޢިރާޤުގެ ވައިގެ ސަރަޙައްދަށް އެތެރެވެފައި ވަނީ އެ ޤައުމުގެ ސަރުކާރުގެ ހުއްދައާ ނުލައެވެ. ޢިރާޤު ސަރުކާރުން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.

ޖާސޫސީ ރިޕޯޓުތަކާ ޙަވާލާދީ މި ކަން ހާމަކޮށްފައި ވަނީ އީރާންގެ ޚާރިޖީ ދާއިރާގެ އިސް އޮފިޝަލެކެވެ. އީރާނުން އަރްމީނިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަހްދީ ސުބްޙާނީ ވިދާޅުވީ، ޖޫން 13ވަނަ ދުވަހު ޔަހޫދީންގެ ޙަމަލާތައް ފެށުމުގެ މަސްތަކެއް ކުރިން އަޒަރްބައިޖާން މަގުން ޔަހޫދީން އީރާނަށް ޑްރޯން ފަދަ ހަތިޔާރު އެތެރެކުރަން ފަށާފައިވާ ކަން ޖާސޫސީ ރިޕޯޓުތަކުން ހާމަވާ ކަމުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން އީރާނަށް ޙަމަލާ ދޭން ފަށައިފިދުނިޔެ | 4 ގަޑިއިރު ކުރިންއަހަރެމެން މި ތިބީ ތަޙުޤީޤުން ހާމަވާ ކަމެއްގެ އިންތިޒާރުގައި - އީރާންWorld | 8 މަސް ކުރިންއީރާންގައި ބޭއްވި ޖަނާޒާއިންވެސް ދައްކުވައިދިނީ އެއްބައެއްކަން World | 8 މަސް ކުރިންއީރާނުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރައްޔިތުން ނިކުތީ މަގުތަކަށް ޚަބަރު | 8 މަސް ކުރިން